އިސްލާމްދީނުގެ ނޫރު ދަމަހައްޓާ، އެކަންކަމުގައި އެހީތެރިވެދެެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ އަމާޒެއް: ޝަހީމް

ދިވެހިރާއްޖޭގައި އިސްލާމްދީނުގެ ނޫރު ދަމަހައްޓާ، އިސްލާމީ ހިދާޔަތު ފެތުރުއްވުމާއި އެކަންކަމުގައި އެހީތެރިވެދެެއްވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް ބޮޑު އަމާޒެއްކަމަށް އިސްލާމީ ކަންތައްތަކާ...

15 Sep 2024 | 14:09

ދިވެހިރާއްޖޭގައި އިސްލާމްދީނުގެ ނޫރު ދަމަހައްޓާ، އިސްލާމީ ހިދާޔަތު ފެތުރުއްވުމާއި އެކަންކަމުގައި އެހީތެރިވެދެެއްވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް ބޮޑު އަމާޒެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ދީނީ އިޖްތިމާޢީ ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން ފެށުމުގެ ގޮތުން މިއަދު ހެނދުނު ބޭއްްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މިއަދު ދިވެހިރާއްޖޭގައި ޤާއިމްވެފައި މިއޮތް ސަރުކާރަކީ އިސްލާމްދީނުގެ ކަންކަމަށް ހުރުމަތްތެރިކޮށް ހިތާ، ދީނާ ގުޅިންހުރި ކަންކަން ދިވެހިރާއްޖޭގައި ނަގަހައްޓާ ދެމެހެއްޓުމަށް ވަރަށް މުހިއްމު އިސްކަމެެއް ދެއްވާ ސަރުކާރެއްކަމަށެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ، ދިވެހިރާއްޖޭގައި އިސްލާމްދީނުގެ ނޫރު ދަމަހައްޓާ އިސްލާމްދީނުގެ ހިދާޔަތު ފެތުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އެހީތެރިވެދެއްވުމަކީ ރައީސް ޑރ. މުޢިއްޒު ވަރަށް އިސްކަން ދެއްވާ ކަމެއްކަމަށާއި، ދީނީ އިޖުތިމާޢީ ޖަމްޢިއްޔާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތައްކަށް ވުޒާރާގެ ފަރާތުން މާލީ ގޮތުންނާއި، އެހެނިގެން ގޮތްގޮތުންވެސް އެހީތެރިކަން ދެއްވާނެކަމަށެވެ.

މިއަދު ފެށި ދީނީ އިޖުތިމާޢީ ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުމަކީ ދީނީ އިޖުތިމާޢީ ކަންކަމުގައި ވުޒާރާއާއި ޖަމްޢިއްޔާތައް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭ ގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް