ސައޫދީ ގައުމީ ޓީމުގެ ކުޅުންތެރިޔާ ފަހަދު ބެލްކަންޏަކުން ވެއްޓި އައިސީޔޫގައި !

ސައޫދީ އަރަބިއްޔާގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ ފަހަދު އަލް-މުވައްލާދަށް ދުބާއީގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާދެމުން އެބަ ގެންދެއެވެ. ދުބާއީގެ ރަސްމީ މީޑިއާ އޮފީހުން ބުނެފައިވަނީ ފަހަދު ވެއްޓުނީ ...

15 Sep 2024 | 13:40

ސައޫދީ އަރަބިއްޔާގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ ފަހަދު އަލް-މުވައްލާދަށް ދުބާއީގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާދެމުން އެބަ ގެންދެއެވެ.

ދުބާއީގެ ރަސްމީ މީޑިއާ އޮފީހުން ބުނެފައިވަނީ ފަހަދު ވެއްޓުނީ އޭނާ ދުބާއީގައި ޗުއްޓީ ހޭދަކުރަމުންދިޔަ އިމާރާތުގެ ދެވަނަ ފަންގިފިލާގެ ބެލްކަންޏަކުން ކަމަށާއި އެ ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އަލް-މުވައްލާދަކީ ސައޫދީގެ އަލް ޝަބާބް ކްލަބަށް ކުޅެމުން އަންނަ އަދި ސައޫދީ ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިއެކެވެ.

ސައޫދީން ބުނެފައިވާގޮތުގައި ސައޫދީ އަރަބިއްޔާގެ ކުޅިވަރާއި ބެހޭ ވަޒީރުގެ އެންގެވުމަށް ސައޫދީގެ މެޑިކަލް ޓީމެއް މިހާރުވަނީ ދުބާއީއަށް ގޮސްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް