ހުއްޓުވީ ޓްރެފިކް ވަޔަލޭޝަނަކަށް-ޕެޕާ ސްޕްރޭ ޖަހާ އަނިޔާވެރިކޮށް ހައްޔަރުކުރި ކަމަށް ބުނެ ފުލުހުންނަށް ތުހުމަތުތަކެއް ކޮށްފި

މީގެ ދެ ދުވަހެއް ވަރު ކުރިން ލައިސެންސު ނެތި ކާރު ދުއްވި ކަމަށް ބުނެ ރ.އަލިފުށި/ސިތުރާ، ހަސަން ސައީދު(38އ) ހައްޔަރުކުރުމުގެ ތެރޭގައި އޭނާއަށް ފުލުހުން އަނިޔާވެރިވެފައިވާ ކަމަށް ހަސަން ސައީދު ބުނެފިއެވ...

15 Sep 2024 | 10:43

މީގެ ދެ ދުވަހެއް ވަރު ކުރިން ލައިސެންސު ނެތި ކާރު ދުއްވި ކަމަށް ބުނެ ރ.އަލިފުށި/ސިތުރާ، ހަސަން ސައީދު(38އ) ހައްޔަރުކުރުމުގެ ތެރޭގައި އޭނާއަށް ފުލުހުން އަނިޔާވެރިވެފައިވާ ކަމަށް ހަސަން ސައީދު ބުނެފިއެވެ.

މިކަމާއި ގުޅިގެން އޭނާގެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ފުލުހުން އޭނާގެ އަބުރު ކަތިލާފައިވާ ކަމަށާއި ހައްޔަރުކުރުމުގައި އަނިޔާވެރިވެފައިވާކަމަށެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ ލައިސަންސު ނެތި ކާރު ދުއްވުމާއި އަދި ސައްހަ ނޫން ނަމްބަރު ޕްލޭޓެއް ކާރުގައި ހަރުކޮށްފައިވާތީ ފުލުހުން އޭނާ ކާރު ޓޯ ކުރަން އުޅުމުން ފުލުހުންނަސް އެއްބާރުލުން ނުދޭނެ ކަމަށް ބުނެ ކާރުން ނުފައިވާނެ ކަމަށް ބުނެ ކާރު ލޮކް ކޮށް ފުލުހުންގެ ދައުރަށް ހުރަސް އަޅައި ފިލަން މަސައްކަތް ކުރުމުން ބާރުގެ ބޭނުންކޮށްގެން ކަމަށެވެ.

އޭނާ ފޭސްބުކްގައި ކުރި ޕޯސްޓުގައި ބުނެފައިވަނީ ލައިސަންސު ނެތް ކަމަށް ބުނެ ފުލުހުން ހެދީ ދޮގު ކަމަށާއި އޭނާގެ ލައިސެންސު އެބެއް ކަމަށާއި އެހެން ނަމަވެސް ލައިސަންސުގެ މުއްދަތު ހަމަވެފައިވާ ކަން އޭނާ ފާހަގަކުރިއެވެ.

ކާރުގެ ލިޔެކިޔުން ޗެކް ކުރި އިރު ނުބައި ޒޯނެއްގައި ކާރު އޮތް ކަމުން ފުލުހުން ކާރު ޓޯ ކުރަން ބޭނުންވާކަމަށް ބުނުމުން އޭނާ ވަނީ ކާރު ޓޯ ނުކޮށް އިތުރު ގޮތެއް ނެތްތޯ ފުލުހުންނާ ސުވާލުކޮށްފައެވެ. އެހެން ނަމަވެސް ފުލުހުން ވަނީ އޭނާއަށް ކާރުން ފޭބުމަށް ތަކުރާރުކޮށް އަމުރުކޮށްފައި ކަމަށް އޭނާ ބުނެފައި ވެއެވެ. އެންމެ ފަހުން އޭނާ ކާރުން ނުފޭބުމުން ފުލުހުން ވަނީ އޭނާ އަދި ކާރުވެސް ގެންދާނެ ކަމަށް ބުނެފައި ކަމަށާއި އެވަގުތު ދާއިރާގެ އެމްޕީ އަދި ކާރު ވިއްކި މީހާއަށް އޭނާ ގުޅަން މަސައްކަތް ކުރި ކަމަށާއި އެހެން ނަމަވެސް ފަތިސް ގަޑި ކަމުން އެކަކުވެސް ފޯނު ނުނަގާ ކަމަށް އޭނާ ބުންޏެވެ.

އޭގެ ފަހުން އިތުރުގޮތެއް ނެތް ކަން އޭނާއަށް އެނގުމުން ކާރު ޕާކުކޮށްފަ އޭނާ ފުލުހުންނާއި އެކު ދިޔުން އެންމެ ރަގަނޅުތޯ ސުވާލު ކުރުމުން ފުލުހުން އެކަމަށް އެއްބަސްވުމުން އޭނާ ކާރު ޕާކުކޮށް ސަން ޕްރޮޓެކްޝަން އެޅުމަށް ޑިކީ ހުޅުވާލިތަނާ ފުލުހުން އައިސް އޭނާ ބިޑި އެޅުވި ކަމަށް އޭނާ އެ ޕޯސްޓުގައި ބުނެފައި ވެއެވެ. އަދި ފުލުހުން ވަނީ އޭނާގެ ލޮލަށް ޕެޕާރ ސްޕްރޭ ޖަހާ ބިންމައްޗަށް  ވައްޓާލާ ބޫޓުން އަތް މައްޗަށް އަރާ ފަހަތުން ބިޑި އަޅުވާފައި ކަމަށް އޭނާ ބުނެއެވެ.

ޕެޕާރ ސްޕްރޭ ޖެހީ ކާކުތޯ ފުލުހުންނާ ސުވާލުކުރުމުން ޕެޕާރ ސްޕްރޭ ޖެހީ މުދިންބެ ކަމަށް ބުނެ ފުލުހުން އޭނާއަާއި ވާހަކަދައްކާފައިވަނީ ހަޑިބަހުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން ބަންދުގަ ބަހައްޓަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ޤާޒީ ބުނެފައިވާ ކަމަށް އޭނާ ބުނެފައި ވެއެވެ. އެހެން ނަމަވެސް ކާރު ޓޯ ކޮށްފައިވާކަން އޭނާ ފާހަގަ ކުރިއެވެ.

އޭނާގެ މި ޕޯސްޓާއި ގުޅިގެން ފުލުހުންގެ މީޑިއާ ގުރޫޕުގައި ނޫސްވެރިއަކު މިކަމާއި ގުޅިގެން ސުވާލު ކުރުމުން ފުލުހުންގެ ފަރާތުން އެއްވެސް ޖަވާބެއް ލިބިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް