މުދަލަށް ގެއްލުން ދީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ތ.ތިމަރަފުއްޓަށް ނިސްބަތްވާ30 އަަހަރުގެ އަންހެނެކެވެ.
އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކްރިމިނަލް ކޯޓުން އޭނާގެެ ބަންދަށް ވަނީ15 ދުވަސް ޖަހާފައެވެ.
ބަންދު އަމުރުގައި ބުނެފައިވަނީ، އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ގަރީނާ ފުލުހުން ހުށަހަޅާފައިވާ ކަމަށެވެ. އޭނާއާއި ހަވާލާދީ އެ ރިޕޯޓުގައި ބުނެފައިވަނީ، އޭނާ އެތަނަށް އައީ ފޯނު ހޯދަން ކަމަށާއި އެއްވެސް މާރާމާރީއެއް ނުހިންގާ ކަމަށެވެ.
ފުލުހުން ވަނީ އޭނާގެ އަތުން ކަޓަރެއް ފެނިފައިވާ ކަމަށް ބުނެފައެެވެ. އަދި އަނިޔާ ލިބުނު މީހާއަށް ހަމަލާދީފައިވަނީ ކަޓަރުން ކަމަށް ބެލެވޭ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ. އޭގެ އިތުރުން އެތަނުގައިވާ މުދަލަށް ވެސް ގެއްލުން ދީފައިވާކަން ފުލުހުން ވަނީ ފާހަގަ ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް