ތެލުގޫ އަދި ތަމިލް ގިނަ ފިލްމުތަކެއް ކުޅެފައިވާ އިންޑިއާގެ ބަތޮލާ އަމްރިތާ އައްޔަރު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަ ގެންދެއެވެ.
އަމްރިތާގެ އިންސްޓަގްރާމް އެކައުންޓްގައިވާ ފޮޓޯތަކުން އެނގޭ ގޮތުގައި އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ތާޖް ކޮރަލް ރީފްގައެވެ.
2012 ވަނަ އަހަރުން ފެށިގެން މިހާތަނަށް އަމްރިތާ ވަނީ މަޝްހޫރު ގިނަ ފިލްމުތަކެއް ކުޅެފައެވެ. އަދި ތެލުގޫ އަދި ތަމިލް ފިލްމު އިންޑަސްޓްރީގެ މަޝްހޫރު ބަތޮލުންނާއެކު ގިނަ ފިލްމުތަކެއް ކުޅެފައިވެއެވެ. އެގޮތުން ރަޖްނީ ކާންތުގެ "ލިންގާ" ފިލްމުގައިވެސް އަމްރިތާ އެކްޓްކޮށްފައިވެއެވެ.
އަމްރިތާގެ އިންސްޓަގްރާމަށް ބަލާއިރު ބެލެވޭގޮތުގައި އޭނާ ރާއްޖެ އައިސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
ރާއްޖެ-އިންޑިއާ ޚާރިޖީ އަދި ދާޚިލީ ގުޅުން ގޯސްވެގެންދިޔަފަހުން އިންޑިއާގެ ތަރިން ޗުއްޓީ ހޭދަކުރުމަށް ރާއްޖެއައުން ވަނީ ވަރަށް ބޮޑަށް މަދުވެގެން ގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް