ޕާކިސްތާނުގެ އެމްބަސީތަކުގެ މުވައްޒަފުންނަށް މުސާރަ ނުދެނީ ޑޮލަރުގެ ތާށިކަމުން

ޕާކިސްތާނުގެ ބައެއް ޑިޕްލޮމެޓިކް މިޝަންތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ނުދޭތާ ތިން މަސް ވެފައިވާއިރު، ޕާކިސްތާނުގެ ފިނޭންސް މިނިސްޓްރީން ބުނީ އެ ގައުމުގައި ޑޮލަރު ލިކުއިޑިޓީގެ ދަތިކަން ...

15 Sep 2023 | 18:38

ޕާކިސްތާނުގެ ބައެއް ޑިޕްލޮމެޓިކް މިޝަންތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ނުދޭތާ ތިން މަސް ވެފައިވާއިރު، ޕާކިސްތާނުގެ ފިނޭންސް މިނިސްޓްރީން ބުނީ އެ ގައުމުގައި ޑޮލަރު ލިކުއިޑިޓީގެ ދަތިކަން ހުރުމުން މުސާރަ ނުދެވިފައި ވާކަމަށެވެ. މިކަމުގެ ސަބަބުން ގިނަ ބަޔަކު މައްސަލަ ޖައްސާފައިވާ ކަމަށް ނިއުސް އިންޓަނޭޝަނަލް ނޫހުން ވަނީ ބުނެފަ އެވެ.

އެމެރިކާގައި މަސައްކަތް ކުރާ ޕްރެސް އެޓާޗީންނާއި ހޮންގްކޮންގްގެ އިތުރުން ސިންގަޕޫރުގައި ހަރަކާތްތެރިވާ ޕްރެސް ކައުންސެލަރުން ޖޫން މަހުން ފެށިގެން ވެސް މުސާރަ ނުލިބި ދިރިއުޅެމުން އެބަދެ އެވެ.

ޕާކިސްތާނުގެ ފިނޭންސް މިނިސްޓްރީން ބުނީ ޕާކިސްތާނުގެ ފޮރިން އެކްސްޗޭންޖް ލިމިޓް މިހާރު ވެސް ހުސްވެފައިވާ ކަމަށެވެ. އެހެންވީމާ، އެބޭފުޅުންގެ މުސާރަ މިމަހުވެސް ނުދެވޭވޭނެ. އޭގެ މާނައަކީ ވަރަށް އަގުބޮޑު ސިޓީތައް ކަމަށްވާ ވޮޝިންޓަން، ހޮންކޮންގް އަދި ސިންގަޕޫރުގައި މަސައްކަތް ކުރާ އޮފިޝަލުންނަށް މުސާރަ ނުދީ ހަތަރު މަސް ވަންދެން މަސައްކަތް ކުރަން ޖެހޭނެ ކަމެވެ.

މިދިޔަ 2022-23 ވަނަ އަހަރުވެސް މި މައްސަލަ ފެންމަތިވި ނަމަވެސް އޭރުގެ ފިނޭންސް މިނިސްޓަރު އިސްހާގު ދާރު ވަނީ ވަޒީރުންގެ މަޖިލީހުގެ އިކޮނޮމިކް ކޯޑިނޭޝަން ކޮމިޓީ (އީސީސީ) ގައި ތިއްބެވި މުވައްޒަފުންނަށް ސަޕްލިމެންޓްރީ ގްރާންޓް/ޓެކްނިކަލް ސަޕްލިމެންޓްރީ ގްރާންޓް މެދުވެރިކޮށް މުސާރަ ދިނުމަށް ރުހުން ދެއްވާފައެވެ.

އެގޮތުން މިމަހު ފީ ނުދައްކައިފިނަމަ ދަރިންނަށް އިމްތިހާނުގައި ނުތިބެވޭނެ ކަމުގެ އިންޒާރު ސްކޫލްތަކުން ވެސް ބެލެނިވެރިންނަށް ދީފައިވާ ކަމުގެ މައުލޫމާތުތަށް ވަނީ ލިބިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް