މާދަމައިން ފެށިގެން މަސް ކިލޯއެއް ގަންނަ އަގު 25 ރުފިޔާއަށް ބޮޑުކުރާނެ ކަމުގައި މިފްކޯއިން ބުނެފިއެވެ.
މިހާރު 17 ރުފިޔާއަށް ކިލޯއެއް ގަންނަމުން އަންނައިރު މަސް ގަންނަ އަގު ބޮޑުކުަން ނިންމާާފައިވާއިރު މިކަމާއި ގުޅޭގޮތުން ދުވަހަށް މައުލޫމާތުދެއްވަމުން މިފްކޯގެ މެނޭޖިން ޑިރެކްޓަރ އިސްމާއިލް ފައުޒީ ވިދާޅުވީ މަސް ގަންނަ އަގު ބޮޑުކުރަން ނިންމީ މަސްވެރިން މަހަށް ނިކުތުމަށް އިތުރު ހިތްވަރެއް ދިނުމުގެ ގޮތުން ކަމަށެވެ.
"އެނގިލައްވާނެ އޯގަސްޓުން ފެށިގެން ސެޕްޓެމްބަރ އަދި ޖެހިގެން އަންނަ އަހަރުގެ އޭޕްރީލް މަހާއި ހަމައަށް އެއީ މަސްވެރިކަން އެންމެ ރަނގަޅު މޫސުން، އެހެން ނަމަވެސް މިހާރު މަސްވެރިކަމަށް ނިކުންނަ ދޯނިފަހަރުގެ އަދަދުވެސް މަދުކަން ފާހަގަކުރެވޭތީ މަސްވެރިންނަށް އިތުރު ހިތްވަރެއް ދިނުމުގެ ގޮތުން މި ބަދަލު ގެނައީ" ފައުޒީ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މި ބަދަލުގެ އިތުރު ތަފްސީލު މިފްކޯއިން ހާމަކުރާނެ ކަމަށާއި އަދި މަހުގެ އަގު ރަނގަޅު ކުރުމަށް ސަރުކާރުން ހަރުދަނާ މަސައްކަތްތަކެއް ކުރަމުން އަންނައިރު މަހުގެ ޑިއުޓީ ކަންތައްތަތަކީ އެންމެ ބޮޑު ޗެލެންޖް ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުން އެކަމުގައިވެސް ބޮޑު ކުރިއެރުންތަކެއް ހޯދަމުން އަންނަ އައުމަކީ މި ސިނާއަތަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމުގައި ފައުޒީ ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް