އިންޑިއާއިން އަތުލި 60 ކިލޯގެ ރަނާއި ގުޅުން ހުރި ޗައިނާ ރައްޔިތެއް އަތުލައިގެންފި

ސްކޫޓަރު ބްރޭކް ބޫޓުގެ ތެރޭގައި 60 ކިލޯގެ ރަން ފޮރުވާފައި ހުރި މައްސަލައިގައި އެންމެ ބޮޑަށް ތުހުމަތު ކުރެވޭ އެކަކު އިންޑިއާއިން އަތުލައިގެންފި އެވެ. ޑިޕާޓްމަންޓް އޮފް ރެވެނިއު އިންވެސްޓިގޭޝަން (ޑީއާރު...

15 Sep 2023 | 18:31

ސްކޫޓަރު ބްރޭކް ބޫޓުގެ ތެރޭގައި 60 ކިލޯގެ ރަން ފޮރުވާފައި ހުރި މައްސަލައިގައި އެންމެ ބޮޑަށް ތުހުމަތު ކުރެވޭ އެކަކު އިންޑިއާއިން އަތުލައިގެންފި އެވެ.

ޑިޕާޓްމަންޓް އޮފް ރެވެނިއު އިންވެސްޓިގޭޝަން (ޑީއާރުއައި) ގެ ޓީމުން ވަނީ މިދިޔަ ޖުލައި މަހުގެ 18 ވަނަ ދުވަހު ކަތުމަންޑޫގެ ޓްރިބުވަން އިންޓަނޭޝަނަލް އެއާޕޯޓް (ޓީއައިއޭ) ގައި ކާގޯ އިންސްޕެކްޝަނެއްގައި ރަނުގެ ބޮޑު މުދަލެއް ހިފަހައްޓާފައިވާ ކަމަށް ބުނެފަ އެވެ.

ސްކޫޓަރުތަކުގެ ބްރޭކް ބޫޓުގެ ތެރޭގައި ވަރަށް މަކަރުވެރިކަމާއެކު ފޮރުވާފައި ހުރި މި ރަނަކީ ކަސްޓަމްސް ޑިޓެކްޝަން ސިސްޓަމް ތަކުން ސަލާމަތްވެފައިވާ ރަނެކެވެ. ބަރުދަނުގައި 60.716 ކިލޯގްރާމް ހުރި މި ރަން ނޭޕާލަށް ގެނެސްފައިވަނީ ހޮންކޮންގުން ކެތޭ ޕެސިފިކް އެއާވޭސްގެ ފްލައިޓެއްގައެވެ.

"އަސިން" ނަމަކަށް ކިޔާ ޗައިނާ ރައްޔިތެއް ކަމަށްވާ ޔޮންގްޝިން ޕެންގް ވަނީ ރަން ހިފެހެއްޓުމާ އެކު ފިލައިގެން އިންޑިއާއަށް ގޮސްފަ އެވެ. މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ނޭޕާލް ފުލުހުންގެ ސެންޓްރަލް އިންވެސްޓިގޭޝަން ބިއުރޯ (ސީއައިބީ) އިން ބުނި ގޮތުގައި ޔޮންގްޝިން ޕެންގް ހައްޔަރުކުރީ އިންޑިއާގެ ސަޝަސްތުރާ ސީމާ ބާލް (އެސްއެސްބީ) އިންނެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ހުޅަނގު ބެންގާލްގެ ސިލިގުރީގެ ޚަރީބަރީ ސަރަހައްދުން އިންޑިއާއަށް އެތެރެވާން އުޅުމުގެ ތެރޭގައި ކަމަށް ޖުލައި މަހުގެ 20 ވަނަ ދުވަހު އިންޑިއާ ޓުޑޭއިން ވަނީ ރިޕޯޓުކޮށްފައެވެ.

މި ސުވާލުގައި ޔޮންގްސިން ޕެންގް ވަނީ ކަވްރޭގެ ޑިސްޓްރިކްޓް އެޑްމިނިސްޓްރޭޝަން އޮފީހުން ހޯދާފައިވާ ނޭޕާލްގެ ރަށްވެހިކަމުގެ ސެޓްފިކެޓެއް ހުށަހަޅައިފަ އެވެ. ނަމަވެސް ޗައިނާގެ ޕާސްޕޯޓަކާއި އެހެނިހެން ބައެއް ލިޔުންތައް ވެސް ކަމާ ބެހޭ ފަރާތްތަކުން ފެނުމުން ޖާސޫސް ކުރުމުގައި ބައިވެރިވުމުގެ ފުރުސަތު އޮތް ކަމަށް އިންޑިއާގެ އެކި މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

ސީއައިބީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޗައިނާ މީހާއާ ގުޅޭ ގޮތުން އިންޑިއާގެ ތަހުގީގެއް އަދި ނިމިފައެއް ނުވެ އެވެ. "އޭނާ އަކީ ޗައިނާގެ ރައްޔިތަކަށް ވާތީ އޭނާ އަޅުގަނޑުމެންނާ ހަވާލުކުރާނެ ކަމެއް އަދި ނޭނގެ. އެކަހަލަ މުއާހަދާތަކެއް ވެސް އަޅުގަނޑުމެންގެ އަތުގައި ނެތް. އޭނާ ގެނައުމަކީ ފަސޭހަ ކަމެއް ނޫން،" ސީއައިބީގެ އޮފިޝަލަކު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް