އިންޑިއާގެ ޖައްވީ އިދާރާ، އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އިސްރޯ) އިން ކުރިއަށް ގެންދާ ކްރޫޑް ސްޕޭސް މިޝަން ގަގަންޔާންގައި މުހިންމު ޓެސްޓެއް އަންނަ މަހުގެ ކުރީކޮޅު ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުންދާ ކަމަށް މިޝަންގެ ޕްރޮޖެކްޓް ޑައިރެކްޓަރު އާރް ހަޓަން ރޮއިޓާސް އަށް ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ޖައްވީ އިދާރާއިން މިހާރު ވެސް ހަތަރު އެސްޓްރޮނޯޓުން ތަމްރީނު ކުރަމުން އަންނަ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އިތުރު މިޝަންތައް ކުރިއަށް ގެންދިއުމަށް އަމާޒު ހިފާފައިވާތީ، ކޮހޯޓް އިތުރަށް ފުޅާކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ހަޓަން ވިދާޅުވި އެވެ. ގަގަންޔާން މިޝަންގެ މަގްސަދަކީ ތިން ފަޅުވެރިއަކު 400 ކިލޯމީޓަރު (250 މޭލު) ގެ އޯބިޓަށް ތިން ދުވަސް ވަންދެން އުފުލާނެ އިންސާނުންނަށް ދިރިއުޅެވޭނެ ސްޕޭސް ކެޕްސޫލެއް އުފެއްދުމެވެ.
އިސްރޯއިން ބުނީ ގަގަންޔާން ނިމުމުން ޖައްވުގައި ދެމެހެއްޓެނިވި ގޮތެއްގައި އިންސާނުން ތިބޭނެ ގޮތްތައް ހޯދާނެ ކަމަށެވެ. އެ ޓީމުގެ އަމާޒަކީ ފައިނަލް ލޯންޗް މަރުހަލާގެ ކުރިން އެހެނިހެން ޓެސްޓުތަކުގެ ބެޓެރީއެއް ހެދުމުގެ ކުރިން އިމަޖެންސީ ހާލަތްތަކުގައި އެސްޓްރޮނޯޓުން ބޭރުކުރުމަށް ބޭނުންކުރެވިދާނެ ކްރޫ އެސްކޭޕް ސިސްޓަމް ޓެސްޓު ކުރުން ކަމަށް ހަޓަން ވިދާޅުވި އެވެ. މި މިޝަނަށް ގާތްގަނޑަކަށް 1.1 ބިލިއަން ޑޮލަރު ކަނޑައަޅާފައިވެއެވެ.
ސީދާ ޓައިމްލައިނެއް ހިއްސާކޮށްފައި ނުވި ނަމަވެސް 2024 ގެ ކުރިން އަންދްރަ ޕްރަދޭޝްގެ ސްރީހަރިކޯޓާގައި ހުންނަ އެގައުމުގެ މައި ސްޕޭސްޕޯޓުން މި މިޝަން ލޯންޗް ކުރާނެ ކަމަށް ބެލެވެ އެވެ. ސްޕޭސް އެޖެންސީން މީގެ ކުރިން ބުނެފައި ވަނީ އެ ކުންފުނީގެ ވިކްރަމް ސާރާބާއީ ސްޕޭސް ސެންޓަރުން ކްރޫ މޮޑިއުލް ސްޓޭބިލައިޒްކޮށް، ރީ-އެންޓްރީގައި ރައްކާތެރިކަމާއެކު އޭގެ ވެލޮސިޓީ ދަށްކުރެވޭނެ ސިސްޓަމްތައް ކާމިޔާބުކަމާއެކު ޓެސްޓްކޮށްފައިވާ ކަމަށެވެ.
"މި ޕްރޮޖެކްޓަކީ އިންހައުސް ސްޕެޝަލިޓީއާއި، އިންޑިޔާގެ އިންޑަސްޓްރީގެ ތަޖުރިބާއާއި، އިންޑިޔާގެ އެކެޑެމިއާ އަދި ރިސާޗް އިންސްޓިޓިއުޓްތަކުގެ ބުއްދީގެ ޤާބިލުކަމާއި، ބައިނަލްއަޤްވާމީ އެޖެންސީތަކުން ލިބެންހުރި ޒަމާނީ ޓެކްނޮލޮޖީތަކަށް ބެލުމަށްފަހު، އެންމެ ރަނގަޅު ސްޓްރެޓެޖީއެއްގެ ތެރެއިން ކުރިއަށް ގެންދާ މަޝްރޫޢެއް" އިސްރޯގެ ވެބްސައިޓުގައި ބުނެފައިވެއެވެ.
އިންޑިއާގެ އެޖެންސީން ބުނީ އަސްލު ހިއުމަން ސްޕޭސް ފްލައިޓް މިޝަން (އެޗްއެސްއެފްއެމް) ފެށުމުގެ ކުރިން ޓެކްނޮލޮޖީ ޕްރިޕެއާޑްނެސް ލެވެލް ތައް ދައްކާލުމަށް ގިނަ ޕްރިކަސަރ މިޝަންތަކެއް ރާވާފައިވާ ކަމަށެވެ. މި ޑެމޮންސްޓްރޭޝަންތަކުގެ ތެރޭގައި އިންޓަގްރޭޓެޑް އެއާ ޑްރޮޕް ޓެސްޓް (އައިއޭޑީޓީ)، ޕެޑް އެބޯޓް ޓެސްޓް (ޕީއޭޓީ) އަދި ޓެސްޓް ވެހިކަލް (ޓީވީ) ދަތުރުތައް ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް