ޔޫއޭއީއިން އެއް ބިލިއަން ޑޮލަރުގެ އެމްފެޓަމިން ގުޅަ އަތުލައިގެންފި

ޔޫއޭއީއިން އެއް ބިލިއަން ޑޮލަރުގެ އެމްފެޓަމިން ގުޅަ އަތުލައިގެންފިއެވެ. އެމްފެޓަމިން އަކީ މަސްތުވާތަކެތީގެ ބާވަތެކެވެ. ދުބާއީގެ ފުލުހުން، އެމްފެޓަމިންގެ 86 މިލިއަން ޓެބްލެޓް އަތުލައިގަތީ ޑުބާއީއަށް އެ...

15 Sep 2023 | 16:28

ޔޫއޭއީއިން އެއް ބިލިއަން ޑޮލަރުގެ އެމްފެޓަމިން ގުޅަ އަތުލައިގެންފިއެވެ. އެމްފެޓަމިން އަކީ މަސްތުވާތަކެތީގެ ބާވަތެކެވެ.

ދުބާއީގެ ފުލުހުން، އެމްފެޓަމިންގެ 86 މިލިއަން ޓެބްލެޓް އަތުލައިގަތީ ޑުބާއީއަށް އެތެރެކުރަން އުޅުނު ޑެކަރޭޓިވް ބިލްޑިން ޕެނަލްތަކެއްގެ ޝިޕްމަންޓެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުރާސްފަތި ދުވަހު ބުނެފި އެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދާޚިލީ ވުޒާރާއިން އާންމުކުރި ސަވައިލަންސް ވީޑިއޯއިން ފެންނަ ގޮތުގައި ދުބާއީގެ ބޮޑު ޖެބެލް އަލީ ބަނދަރު މެދުވެރިކޮށް ކެޕްޓަގަން ޓެބްލެޓްތައް ގެންނަން ތުހުމަތު ކުރެވޭ މީހުން މަސައްކަތް ކުރެ އެވެ.

އެ ތަކެތި ފޮރުވާފައި ވަނީ ދޮރާއި، ޕެނަލްގެ ފަސް ޝިޕިން ކޮންޓެއިނަރެއްގެ ތެރޭގައި ކަމަށްވާއިރު، އެ މަސްތުވާތަކެތީގެ ބަރުދަން 13 ޓަނަށް ވުރެ ބަރުވާނެކަމަށް އޮފިޝަލުން ބުނެ އެވެ.

ޔޫއޭއީގެ ދާޚިލީ ވަޒީރު ޝެއިޚް ސައިފް ބިން ޒައިދު އަލް ނަހްޔާން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ޔޫއޭއީ އަކީ އެމިރާތީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ފަދަ ނުރައްކަލަކާ ދެކޮޅަށް ކިއްލާއެއްގެ ގޮތުގައި އޮތް ގައުމެއް ކަމަށެވެ.

ދުބާއީ ފުލުހުންގެ އެންޓި-މަސްތުވާތަކެއްޗާ ބެހޭ އޮފިޝަލެއް ކަމަށްވާ މޭޖާ ޖެނެރަލް އީދު މުހައްމަދު ތާނީ ހަރެބް ވިދާޅުވީ މަސްތުވާތަކެތި ތިން ވަނަ ގައުމަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.

ކަމާބެހޭ ފަރާތްތަކުން އަތުލައިގަތް މަސްތުވާތަކެތީގެ ޓެބްލެޓެއްގެ އަގު ވަނީ ގާތްގަނޑަކަށް 12 ޑޮލަރަށް އަރާފައެވެ. އަވަށްޓެރި ސަޢޫދީ ޢަރަބިއްޔާގައި ޕިލްއެއްގެ އަގު 25 ޑޮލަރަށް އަރާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް