ހިޔާ ފްލެޓްގެ ކުލި 5600 އަށް ކުޑަކޮށްދޭނަން: މުއިއްޒު

ހުޅުމާލޭ ދެވަނަ ފިޔަވަހޯގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކުގެގެ ކުލި 5600 ރުފިޔާއަށް ކުޑަކޮށްދޭނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މުއިއްޒު މިހެން ވިދާ...

15 Sep 2023 | 14:11

ހުޅުމާލޭ ދެވަނަ ފިޔަވަހޯގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކުގެގެ ކުލި 5600 ރުފިޔާއަށް ކުޑަކޮށްދޭނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ މިއަދު ހަވީރު ހުޅުމާލޭ ރައްޔިތުންނާ ބައްދަލު ކުރުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މުއިއްޒު ވިދާޅުވީ، ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި، ހިޔާ ފްލެޓްގެ ކުލީގެ ގޮތުގައި ނަގާނީ، ރައީސް ޔާމީނުގެ ސަރުކާރުން ނަގަން ނިންމާފައިވާ އަގު ކަމަށެވެ.

އޭގެ އިތުރުން ވިނަރެސް ފްލެޓްތަކުގެ ކުލިވެސް މިހާރަށްވުރެ ކުޑަ ކޮށްދޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ޔާމީނުގެ ސަރުކާރުގައި ކަނޑައަޅާފައި އޮތީ ހިޔާ ފްލެތްތަކުުގެ ކުލީގެ ގޮތުގައި5600 ރުފިޔާ ނަގާށެވެ. ނަމަވެސް ފްލެޓްތައް ހަވާލު ކުރެވުނީ ސަރުކާރު ބަދަލުވި ފަހުންނެވެ.

އެގޮތުން މި ސަރުކާރުން ކަނޑައެޅީ، ކުލީގެ ގޮތުގައި7500 އަދި މެއިންޓެނެންސް ގެ ގޮތުގައި1000 ރުފިޔާ ނަގާށެވެ.

އެ އަގުގައި ކުލި ނަގަން ފެށުމަށްފަހު، ސަރުކާރުން ވަނީ6300 ރުފިޔާއަށް ހިޔާގެ ކުލި ކުޑަކޮށްދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް