ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ބުރަކަށް އޮވައިގެން ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ ރައީސް ދެއްކެވި ވާހަކަކޮޅެއްގެ ވީޑިއޯ ހިއްސާކުރަމުންނެވެ.
އެ ވީޑިއޯގައި ރައީސް ވިދާޅުވެފައި ވަނީ، އަމާޒަކީ ދެން ފާސްކުރާ ބަޖެޓާއެކު، ޖެނުއަރީ މަހުން ފެށިގެން ދައުލަތުގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދޭނެ ކަމަށެވެ.
ޖެނުއަރީ މަހުން ފެށިގެން މުސާރަ ބޮޑުކުރަން ނިންމާފައި ވަނީ ސިފައިންނާއި ފުލުހުން، ޝަރުއީ ދާއިރާގެ މުވައްޒަފުންނާއި، ކަސްޓަމްސް އާއި އިމިގްރޭޝަނާއި ކަރެކްޝަންސް އަދި ސިވިލް ސާވިސްގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނާއި އިމާމުންނާއި މުދިމުންގެ އިތުރުން ކައުންސިލްތަކުގައި މަސައްކަތް ކުރާ ސިވިލް ސާވެންޓުންގެއެވެ.
"މި ގެނެވޭ ބަދަލާ އެކީގަ ވަރަށް ބޮޑުތަނެއް ބައެއް ދާއިރާތަކަށް (މުސާރަ) ބޮޑުވެގެން ދޭ" ރައީސް ވިދާޅުވެފައިވެއެވެ.
https://twitter.com/ShimranAb/status/1702678684275241207
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 46.06 އިންސައްތައާއެކު އެއްވަނަ ހޯއްދެވީ ޑރ. މުހައްމަދު މުއިއްޒުއެވެ. އަދި 39.05 އިންސައްތައާއެކު ދެވަނަ ހޯއްދެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ފުރަތަމަ ބުރުގައި އެއްވެސް ކެނޑިޑޭޓަކަށް 50 އިންސައްތައަށް ވުރެ ގިނަ ވޯޓު ލިބިފައި ނުވާތީ، އިންތިހާބު ކާމިޔާބު ކުރި ފަރާތެއް ކަނޑައަޅާނީ ދެވަނަ ބުރެއްގެ ވޯޓުންނެވެ. ދެވަނަ ބުރުގައި ވާދަ ކުރައްވާނީ ރައީސް ސޯލިހާއި ޑރ. މުއިއްޒުއެވެ.
ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ30 ވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް