ދެވަނަ ބުރަށް އިއްތިހާދުވޭތޯ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަރިހަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންފިއެވެ.
ރައީސް ސޯލިހް މާމިގިލީ އެއާޕޯޓުން ފުރާވަޑައިގެންނެވީ 24 ގަޑިއިރަށްވުރެ ދިގުކޮށް ދެމިގެންދިޔަ މަޝްވަރާތަކަކަށް ފަހުގައެވެ.
މި މަޝްވަރާތަކުން ނިކުތް ނަތީޖާ އެމްޑީޕީ އަދި ޖޭޕީންވެސް އަދި ހިއްސާކޮށްފައެއް ނުވެއެވެ.
އެހެންނަމަވެސް ބައެއް މަސްދަރުތަކާއި ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި ގާސިމް މިވަގުތު ހުންނެވީ ރައީސް ސޯލިހާއެކު ކުރިއަށްދާން ރުހިގެންނެވެ. އެހެންނަމަވެސް އެ ނިންމުން ޖޭޕީން ރަސްމީކުރާނެކަމަށް ބެލެވެނީ އެ ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށް އެގޮތަށް ނިންމުމަށްވެސް ފަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް