މުއިއްޒު ވެރިކަމަށް އަޔަސް އޮންނާނީ އިންޑިއާ ފަސްޓް ޕޮލިސީ: ރޮޒައިނާ

ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް އަޔަސް އޮންނާނީ އިންޑިއާ ފަސްޓް ޕޮލިސީކަމުގައި ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ. ރޮޒޭ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އެ ...

15 Sep 2023 | 07:27

ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް އަޔަސް އޮންނާނީ އިންޑިއާ ފަސްޓް ޕޮލިސީކަމުގައި ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒޭ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ރޮޒޭ ވިދާޅުވެފައިވަނީ އިންޑިއާއިން މި ރާއްޖޭގެ މިނިވަންކަމަށް ބުރުލެއް އަރާފާނެ އެއްވެސް ކަމެއް ނުކުރާނެކަން އެންމެ ރަނގަޅަށް އެނގޭނީ މުއިއްޒުމެނަށް ކަމަށާއި އިންޑިއާ އައުޓޭ ކިޔައިގެން ހިންގި ކެމްޕޭނަކީ ސަރުކާރާ ދޭތެރޭގައި ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފައްދަން ކުރި ކަމެއް ކަމަށެވެ.

"ނަތީޖާއަކީ އިންޑިއާ ރައްޔިތުންނާ ދިވެހިން ދޭތެރޭގައި އޮތް ޒަމާންވީ ރަހުމަތްތެރިކަން ނަފްރަތަށް ބަދަލުވެ އެތައް ބައެއްގެ ހިތްތަކުގަ ހަގީގަތެއް ނެތް ބިރުވެރިކަމެއް އުފެދުން" ރޮޒޭ ވިދާޅުވެފައިވެއެވެ.

މުއިއްޒުގެ ވެރިކަމެއްގައިވެސް އޮންނާނީ އިންޑިއާ ފަސްޓް ޕޮލިސީކަން ފާހަގަކުރައްވަމުން ރޮޒޭ ވިދާޅުވީ މުއިއްޒުގެ ވެރިކަމެއްގައިވެސް އެއްވެސް މީހަކު ބޭރެއްވެސް ނުކުރާނެ ކަމަށާއި މިތާ ހިންގާ އޮޕަރޭޝަންތައް ކުރިއަށްދާނެ ކަމަށެވެ. ހުރިހާ ގެއްލުމެއް ލިބޭނީ ރައްޔިތުންނަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް