ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިއަދު ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އާއްމުންނާ ބައްދަލު ކުރައްވަން ހަމަޖެހިއްޖެއެވެ.
ޕީޕިއެމްއިން ބުނީ، މުއިއްޒު މިއަދު ހުޅުމާލޭ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ހަމަޖެހިިފައި ވާތީ، އެ ބައްދަލުވުމަށް ހުރިހާ ރައްޔިތުންނަށް ދައުވަތު ދޭ ކަމަށެވެ.
މި ބައްދަލުވުން އޮންނާނީ މިއަހު ހަވީރު3:45 ގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ1 ނަންބަރު ބަސް ސްޓޮޕް ކައިރީގައެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްފަހު، ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އިއްޔެ 11 ރަށަކަށް ވަޑައިގެންނެވިއެވެ.
މި ދަތުރުގައި މުއިއްޒު ވަޑައިގެންނެވީ އއ. ބޮޑުފޮޅުދޫ އަދި ފެރިދޫގެ އިތުރުން އދ. ހަންޏާމީދޫ، ކުނބުރުދޫ، އޮމަދޫ، ދަނގެތި، ދިގުރަށް، މަންދޫ، ދިއްދޫ، މަހިބަދޫ އަދި ފެންފުއްޓަށެވެ.
ދަތުރު ނިންމާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ.
އިންތިހާބުގެ ފުރަތަމަ ބުރުގައި 46.06 އިންސައްތައާއެކު އެއްވަނަ ހޯއްދެވީ ޑރ. މުހައްމަދު މުއިއްޒުއެވެ. އަދި 39.05 އިންސައްތައާއެކު ދެވަނަ ހޯއްދެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ފުރަތަމަ ބުރުގައި އެއްވެސް ކެނޑިޑޭޓަކަށް 50 އިންސައްތައަށް ވުރެ ގިނަ ވޯޓު ލިބިފައި ނުވާތީ، އިންތިހާބު ކާމިޔާބު ކުރި ފަރާތެއް ކަނޑައަޅާނީ ދެވަނަ ބުރެއްގެ ވޯޓުންނެވެ. ދެވަނަ ބުރުގައި ވާދަ ކުރައްވާނީ ރައީސް ސޯލިހާއި ޑރ. މުއިއްޒުއެވެ.
ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ30 ވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް