ރައްޔިތުން އެދޭގޮތަށް ނޫނީ އަޅުގަނޑުމެންގެ ސަރުކާރެއް މަސައްކަަތެއް ނުކުރާނެ: މުއިއްޒު

ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ރައްޔިތުން އެދޭގޮތަށް ނޫނީ ސަރުކާރު މަސައްކަަތެއް ނުކުރާނެކަަމަށް ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ޑރ.މުއިއްޒު މިހެން ވިދާޅުވީ އ...

15 Sep 2023 | 07:11

ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ރައްޔިތުން އެދޭގޮތަށް ނޫނީ ސަރުކާރު މަސައްކަަތެއް ނުކުރާނެކަަމަށް ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ.މުއިއްޒު މިހެން ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރަށް ކުރަވަމުންދާ ކެމްޕޭނުގެ ތެރެއިން އދ.ހަންޏާމީދުއަށް ކުރި ދަތުރުފުޅުގައެވެ.

"ރައްޔިތުން އެދޭ ގޮތަށް ފުރިހަމަ ލާމަރުކަޒީ ނިޒާމެއްގެ ތެރޭގައި ކައުންސިލް އެއީ، ކޮންމެ ފިކުރެއްގެ ކައުންސިލް އަކަށްވިޔަސް، ކައުންސިލް މެދު ވެރިކޮށް ސަރުކާރުގެ ނިޒާމުގެ ތެރެއިން، ރައްޔިތުން އެދޭ ގޮތަށް ކަންކަން ބައްޓަންކުރާނީ " މުއިއްޒު ވިދާޅުވިއެވެ.

އެގޮތުން މުއިއްޒު ވިދާޅުވީ އެ ރަށުގެ ތަރައްގީ އަށްޓަކައި ކުރަންހުރި ކަންކަންވެސް ރައްޔިތުންގެ އުންމީދުތަކާ އެއްގޮތަށް ހަގީގަތަކަށް ހަދައިދިނުމަށް، އެއްވެސް ވަރަކަށް ތަފާތު ނުކޮށް ފުރިހަމަކަމާއި އެކީގައި ތަރައްގީ ގެނެސްދޭނެކަމަށެވެ.

ރާއްޖޭގައި މިހާރު ދިމާވެފައިވާ މައްސަލަތަކަށް ބަލާއިރު، ކުރިމަތިވެފައިވާ ގޮންޖެހުން ތަކުގެ ތެރެއިން ތާރީހާއި ސަގާފަތަކީ މިހާރު ކުރިއަށްވުރެ މާ ބޮޑަށްވެސް ސަމާލުކަން ދޭންޖެހޭކަމެއް ކަމަށް ޑރ.މުއިއްޒު ފާހަގަކުރެއްވިއެވެ.

މުއިއްޒު ވިދާޅުވީ، ހަންޏާމީދޫ އަކީ ތާރީހާއި ގުޅިފައިވާ މުހިންމު ބިނާއެއް ހުރި ރަށަކަށް ވާއިރު، އެތަން ހިމާޔަތްކުރެވޭ ގޮތެއް އަދި އޭގެ ސަބަބުން ޓޫރިޒަމް ކުރިއެރުމަކާއިއެކު އެ ރަށަށް އާންމުދަކީ އިތުރުވާފަދަ ، އަދި އެ ބިނާ ރައްކާކުރެވޭފަދަ ގޮތަކަށް ބައްޓަންކުރެވިގެންދާނެ މަޝްރޫއަކަށް ހަދައިދިނުމަށް އިސްކަން ދޭނެކަމަށެވެ.

މީގެ އިތުރަށް، ޒުވާނުންނަށް އެކި ކަހަލަ ފުރުސަތް ހޯދައިދިނުމުގެ ތެރެއިން، ކުޅިވަރަށް ބަލާއިރުގައި އެ ރަށުގަ ރަނގަޅު ފެންވަރުގެ ފުޓްބޯޅަ ދަނޑެއް އަޅައިދީ، ސްކޫލް ޖާގަ އިތުރު ކުރުމަށް ކިލާސް ރޫމްތަށް އިތުރު ކޮށް، އަދި މަލްޓިޕާޕަސް ހޯލް ހިމަނައި، ގިރާ ސަރަހައްދު ހިމާޔަތް ކުުރުމާއި އަދި ދޯނި ފަހަރު އެހެލާ ސަރަހައްދު ރައްޔިތުންގެ މަޝްވަރާއެކު އެހެން ދިމާލަކަށް ބަދަލުކޮށް، ތަރައްގީ ކުުރުން ފަދަ ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް