އުމަރުގެ އަމާޒު 2028 އަށް

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ހެޔޮވަރުގެ ކާމިޔާބީއެއް ހޯއްދެވި އުމަރު ނަސީރު 2028ގެ ރިޔާސީ އިންތިހާބުގައިވެސް ވާދަކުރައްވާނެކަން އިއުލާނުކުރައްވައިފިއެވެ. ރަމްޒީ ގޮތެއްގައި އުމަރު މިކަން އިއުލ...

15 Sep 2023 | 06:22

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ހެޔޮވަރުގެ ކާމިޔާބީއެއް ހޯއްދެވި އުމަރު ނަސީރު 2028ގެ ރިޔާސީ އިންތިހާބުގައިވެސް ވާދަކުރައްވާނެކަން އިއުލާނުކުރައްވައިފިއެވެ.

ރަމްޒީ ގޮތެއްގައި އުމަރު މިކަން އިއުލާނުކުރެއްވީ އުމަރުގެ ރަސްމީ ފޭސްބުކް ޕޭޖަށް ގެންނެވި ބަދަލަކުންނެވެ.

އެގޮތުން އެ ޕޭޖްގެ ޕްރޮފައިލް ފޮޓޯ، ވައިރަލްވެގެންދިޔަ އުމަރުގެ އިކޯނިކް ޕޯޒް ފޮޓޯއާއެކު އުމަރު 2028 ހޭޝްޓެގް ބޭނުންކުރައްވާފައިވެއެވެ. އަދި އުމަރުގެ މިހާރުވެސް ބޭނުންކުރައްވަމުންގެންދަވާ ސްލޯގަން "އާ މިޝްރާބަކަށް" އިނގިރޭސި ބަހުން “New Direction” ލިޔެފައިވެއެވެ.

އުމަރު 2028 އަށް އަމާޒު ހިފާފައިވާއިރު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ހޯއްދެވީ ހައިރާންކުރުވުނިވި ނަތީޖާއެއްކަމުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ.

އެގޮތުން އުމަރު ވަނީ ކާނަލް ނާޒިމް، ފާރިސް މައުމޫން، އަދި ދަ ކިންގް މޭކާގެ ގޮތުގައި އަބަދުވެސް މަޝްހޫރުވެފައި އޮންނަ، ގާސިމް އިބްރާހިމްގެ މައްޗަށްވެސް ނަތީޖާއިން ކުރި ހޯއްދަވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް