ރެސިޕީ: މިކްސްޑް ފްރުޓް ވިތް ކްރީމް ޕުޑިންގ

ބޭނުންވާ ތަކެތި: 200 ގ. ކޯންފްލާރ 1500 އެމް .އެލް ދިޔާކިރު 1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް 4 ޖޯޑު މިކްސްޑް ފްރުޓް 2 ޖޯޑު ނެސްލޭ ކްރީމް 400 ގ. ހަކުރު ރީނދޫ ކުލަކޮޅެއް ކުލަހިފާ ަރަށް ކެޖޫ ނަޓް ކޮޅެއް ...

15 Sep 2023 | 06:00

ބޭނުންވާ ތަކެތި:

  • 200 ގ. ކޯންފްލާރ
  • 1500 އެމް .އެލް ދިޔާކިރު
  • 1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް
  • 4 ޖޯޑު މިކްސްޑް ފްރުޓް
  • 2 ޖޯޑު ނެސްލޭ ކްރީމް
  • 400 ގ. ހަކުރު
  • ރީނދޫ ކުލަކޮޅެއް ކުލަހިފާ ަރަށް
  • ކެޖޫ ނަޓް ކޮޅެއް ނުވަތަ ކޮންމެވެސް ވައްތަރެއްގެ ނަޓެއް މައްޗަށް ބުރުވާލަން
  • ހިކިމޭބިސްކަދުރު ކޮޅެއް މައްޗަށް ބުރުވާލަން

ތައްޔާރު ކުރާނެ ގޮތް

  • ކިރާއި ހަކުރު އެއްކޮށް އުނދުން މައްޗަށް އުދާލާށެވެ.
  • ހަކުރު ވިރެންދެން މަޑުގިނީގައި ދޭފަތުން ހަލަމުން ކައްކާށެވެ.
  • ކޯންފްލަރ ކޮޅު ވަރަށް އޮލަކޮށް ކުޑަފެންފޮދެއްގައި ރަނގަޅަށް ގިރާފައި މަދުމަދުން އަޅަމުންދޭފަތުން އަވަސް އަވަހަށް  ހަލަމުން އެއްކޮލާށެވެ.
  • އެސެންސްވެސް އެއްކޮށްލާށެވެ.ކުލަކޮޅު ވެސް އެއްކޮށްލާށެވެ.
  • ރޯފިލުމުން ފްރުޓް ކޮޅު އެއްކޮށްފައި  ކްރީމް އެއްކޮށްފައި އުނދުން މަތިން ބާލާށެވެ.
  • ތަށްޓަށް އަޅާފައި ހިހޫވެލުމުން ނަޓްކޮޅު ބުރުވާލާށެވެ .
  • ބޭނުމިއްޔާ ކެރެމަލް ސޯސް ކޮޅަކުން މަތި ގާރނިޝް ކޮށްލާށެވެ.

މިޕުޑިންގ ވެސް ތަފާތު ގޮތްގޮތަށް ތައްޔާރު ކުރެއެވެ.


ނޯޓް: މި ރެސިޕީ އަކީ ޖުވޭގެ ޕޭޖުން ނަގާފައިވާ ރެސިޕީ އެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް