ޕީޕީއެމް/ޕީއެންސީ ހިންގުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ހިސާބު ޖައްސަވާލެއް މޮޅުކަމުން އދ. މަހިބަދޫއިން އަދުރޭއަށް ޑރ ގެ ލަގަބު ދީފިއެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުގެ ކުރިން ޑރ. މުއިއްޒުގެ ރިޔާސީ ކެމްޕޭނަށް އއ. މަތިވެރިއަށ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި އަދުރޭ ވިދާޅުވެފައި ވަނީ، މި ރާއްޖޭގެ ވޯޓުލާ އިންސައްތައަށް ބަލައިފިނަމަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓުލާ މީހުންގެ އިންސައްތައަށް 40ށް ނާރާނެ ކަމަށެވެ. އެ އިންސައްތަ އުޅޭނީ 30 ނުވަތަ 35ގައި ކަމަށް އަދުރޭ ވިދާޅުވިއެވެ.
އިންތިހާބުގެ ފުރަތަމަ ބުރުން ރައީސް ސޯލިހަށް ލިބިވަޑައިގެންނވީ 39 އިންސައްތައެވެ.
އެހެންކަމުން އަދުރޭގެ ހިސާބު ދިމާވެފައި ވާތީ ސޯޝަލް މީޑިޔާގައި ގިނަ ބަޔަކު ވަނީ އަދުރޭއަށް ތައުރީފު ކޮށްފައެވެ.
އޭގެފަހު، ރޭ މަހިބަދޫގައި ބޭއްވި ޖަލްސާގައި، ޖަލްސާގެ ހޯސްތް ޝައުފާ އާދަމްއަށް ފުރަތަމަ އޮޅުމަކުން އަދުރޭގެ ނަން ކީފައި ވަނީ، ނަމުގެ ކުރިއަށް ޑރ އިތުރު ކޮށްގެންނެވެ.
އެހެންކަމުން ޖފަހުން ޝައުފާ ބުނެފައި ވަނީ، އެގޮތަށް ނަން ކީ އަދުރޭ ހިސާބަށް މޮޅުކަމުން ކަމަށެވެ.
"ކުރިން އަޅުގަނޑު ޑރ (އަދުރޭ) އޭ ދެންނެވީ ހިސާބު ޖަހާލެއް މޮޅުކަމުން އަޅުގަނޑުމެންގެ މެތްސް ޓީޗަރު ކަމަށް މިހާރު ގަބޫލު ކުރެވޭތީ" ޝައުފާ ބުންޏެވެ.
ނަމަވެސް އެފަދައިން ކިޔުނީތީ ޝައުފާ ވަނީ މައާފަށް އެދިފައެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް