ސަބްމެރިންގެ ގޭސް ސިލިންޑަރުތަކެއް ގޮވައިފި

ވޭލް ސަބްމެރިންގެ ގޭސް ސިލިންޑަރުތަކެއް ގޮވައިފި އެވެ. ފުލުހުން ބުނީ މިހާދިސާގެ ރިޕޯޓު ލިބުނީ މިރޭ9:10 ގައި ކަމަށެވެ. ބާރު އަޑެއް އިވިގެން އާންމުން ރިޕޯޓު ކުރީ މާފަންނނު ފުލުހަށާއި އައިޖީއެމްއެޗްގެ ޑި...

15 Sep 2022 | 17:50

ވޭލް ސަބްމެރިންގެ ގޭސް ސިލިންޑަރުތަކެއް ގޮވައިފި އެވެ.

ފުލުހުން ބުނީ މިހާދިސާގެ ރިޕޯޓު ލިބުނީ މިރޭ9:10 ގައި ކަމަށެވެ. ބާރު އަޑެއް އިވިގެން އާންމުން ރިޕޯޓު ކުރީ މާފަންނނު ފުލުހަށާއި އައިޖީއެމްއެޗްގެ ޑިއުޓީގައި ހަރަކާތްތެރިވާ ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓަބަލުންނަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި ރިޕޯޓާއި ގުޅިގެން އިތުރަށް ބެލި ބެލުމުން އެނގުނު ގޮތުގައި އެ ދިމާލު ބޭރުގައި އޮތް ވޭލް ސަބްމެރިންގެ ތިން ސިލިންޑަރު ގޮވައިފައިވާކަން ކަން ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

އެކަމަކު ހާދިސާގައި ސަބްމެރިންއަށް ކޮންމެސް ވަރެއްގެ ގެއްލުންތަކެއް ވެފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ.

މި ހާދިސާ އާއި ގުޅިގެން ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް