މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ހުރި މީހަކު ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.
މަރުވެފައިވަނީ މ. މުލި ހުދުފިނިފެންމާގޭ އުމރުން 43 އަހަރުގެ މުޙައްމަދު ނަޝީދު އެވެ.
ކަރެންޝަންސްއިން ބުނީ ނަޝީދު ނޭވާ ނުލާތީ އޭނާގެ ގޮޅީގައި ހުންނަ ބަންދުމީހަކު ޕްރިޒަން އޮފިސަރުންނަށް އެންގުމުން، އޭނާ މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ވަގުތުން ގެންގޮސް ވަނީ ސީޕީއާރް ދީފައެވެ. ސީޕީއާރްއަށް ފަހުވެސް ނޭވާ ނުލުމުން، އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރު ނިންމީ 17:26 ހާއިރު ކަމަށެއެ.
ނަޝީދަކީ މަސްތުވާތަކެއްޗާ ބެހޭ މައްސަލައެއްގެ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ.
ނަޝީދު މަރުވުމުން މިސަރވިސްއިން ވަނީ ވަގުތުން އެކަން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް