އުރީދޫ ޕާސްޕޯޓާއި އެކު 200 އަށް ވުރެ ގިނަ ގައުމުގައި 90%އާއި ހަމައަށް ރޯމިންގް އަގުތަކުން ޑިސްކައުންޓް!

ރާއްޖެއިން ބޭރަށް ދަތުރުކުރާ އުރީދު ކަސްޓަމަރުން، އަމިއްލަ ސިމްކާޑުން ކަންބޮޑުވުމެއް ނެތި އާއިލާއާއި ރައްޓެހިންނާއި ގުޅާލުމަށް ފަރުމާކޮށްފަިއވާ ޙާއްސަ ސިމް ކާޑް އުރީދޫ ޕާސްޕޯޓް މެދުވެރިކޮށް ރޯމިންގ ރޭ...

15 Sep 2022 | 14:42

ރާއްޖެއިން ބޭރަށް ދަތުރުކުރާ އުރީދު ކަސްޓަމަރުން، އަމިއްލަ ސިމްކާޑުން ކަންބޮޑުވުމެއް ނެތި އާއިލާއާއި ރައްޓެހިންނާއި ގުޅާލުމަށް ފަރުމާކޮށްފަިއވާ ޙާއްސަ ސިމް ކާޑް އުރީދޫ ޕާސްޕޯޓް މެދުވެރިކޮށް ރޯމިންގ ރޭޓްތަކުން %90އާއި ހަމައަށް ޑިސްކައުންޓް ލިބިވަޑައިގަންނަވައެވެ.

އުރީދޫ ޕާސްޕޯޓަކީ 100އަށް ވުރެ ގިނަ 4ޖީ ރޯމިންގ ބޭނުންކުރެވޭ ގައުމުތައް ހިމެނޭ ގޮތަށް 200+ އަށްވުރެ ގިނަ ގައުމުގައި އެންމެ ހެޔޮ އަގުގައި ރޯމިންގެ ހިދުމަތް ލިބޭ ސިމް ކާޑެކެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ، ހުސައިން ނިޔާޒް ވިދާޅުވީ އާންމުކޮށް ދަތުރުކުރާ ކަސްޓަމަރުންނަށް، ދަތުރު މަތީގައި އުޅޭއިރު އާއިލާ އާއި ރައްޓެހިންގެ ހާލު ބަލާލާ ގުޅުން ބަދަހި ކޮށްލުމަށް އުރީދޫ ޕާސްޕޯޓަކީ ވަރަށް ފުރިހަމަ ޚިދުމަތެއް ކަމަށެވެ. 200 އަށްވުރެ ގިނަ ގައުމުގައި ރޯމިންގ ރޭޓްތަކުން 90% އާއި ހަމައަށް ޑިސްކައުންޓް ލިބުމާއެކު، މިއީ އުރީދޫގެ ކަސްޓަމަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއް ކަމަށެވެ.

" އަޅުގަނޑުމެންގެ ޓީމުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ އެންމެ ފުރިހަމަ ހިދުމަތްތަކާއި އެކު ކޮންމެ ތަނެއްގައި، ކޮންމެ ވަގުތަކުވެސް، ހެޔޮ އަގުގައި ފަސޭހަކާމާއެކު ކަސްޓަމަރުން ގުޅުވާލަދިނުމަށް." ނިޔާޒް ވިދާޅުވިއެވެ.

އުރީދޫ ޕޯސްޓްޕެއިޑް ރޯމިންގް ކަސްޓަމަރުން އަދި އަލަށް ރޯމިންގް އެކްޓިވޭޓް ކުރާ ކަސްޓަމަރުން އެންމެ ހެޔޮ އަގުގައި ރޯމިންގް ގެ ޚިދުމަތް ހޯދުމަށް ގްރޭޓަރ މާލޭގެ އުރީދޫ އެކްސްޕީރިއަންސް ކޮންމެ ސެންޓަަކަށް ދިޔަސް އުރީދޫ ޕާސްޕޯޓް ސިމަކަށް އަޕްގްރޭޑް ކޮށްލެވޭނެއެވެ.

ޑޭޓާ ރޯމިންގް ޚިދުމަތް ފަސޭހަކަމާއެކު *929*6# ގުޅާލައިގެން އެކްޓިވޭޓް ކޮށްލެވޭނެއެވެ. އުރީދޫ ޕާސްޕޯޓް ކަސްޓަމަރުން ފޮނުގައި "އޮޓޮމެޓިކް" ސިމް އެޕްލިކޭޝަން ސެޓިންގްސް ޚިޔާރު ކުރެއްވުމުން އުރީދޫ ޕާސްޕޯޓް ކަވަރޭޖް ލިބޭ ގައުމުތަކުގައި ރޯމިންގް ޚިދުމަތް ބޭނުން ކުރަން ފެށުމާއެކު އުރީދޫ ޕާސްޕޯޓް ސިމް އަމިއްލައަށް އެކްޓިވޭޓް ވެގެން ދާނެއެވެ.

ސިމް ކާޑު އުރީދޫ ޕާސްޕޯޓް ސިމް އަކަށް ބަދަލުކުރުމަށް ނުވަތަ އުރީދޫ ޕާސްޕޯޓް ކަވަރޭޖް ނުލިބޭ ގައުމުތަކުގައި ރޯމިންގް ކަސްޓަމަރުންނަށް އަދިވެސް ސްޓޭންޑަޑް ރޯމިންގް ރޭޓުތަކާއި އެއްގޮތަށް ރޯމިންގެ ޚިދުމަތް ބެނުންކުރެވޭނެއެވެ. ޕްރީޕެއިޑް ޕްލޭނަކަށް ނުވަތަ ބިލް ކޮންޓްރޯލް ޕްލޭނަކަށް ބަދަލުވާން ބޭނުންވާ އުރީދޫ ޕާސްޕޯޓް ކަސްޓަމަރުން، އުރީދޫ ޕާސްޕޯޓް ސިމް ޑީއެކްޓިވޭޓްކޮށް އާދައިގެ ސިމް ކާޑަކަށް ބަދަލުކޮށްލަންޖެހޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް