ނާޒިމް ސައްތާރު ތިން މަހަށް ގޭގައި ބަންދުކުރަން ހުކުމެއް ކޮށްފި

އެއްޖިންސުން ގުޅުން ހިންގި ކަމަށް އިއުތިރާފުވެފައިވާ ނާޒިމް ސައްތާރު ތިން މަހާއި 26 ދުވަހަށް ގޭ ބަންދު ކުރުމަށް ކްރިމިނަލް ހުކުމް ކޮށްފިއެވެ. ބަންގްލަދޭޝްގެ އަލަމްގީރް އާއެކު އެއްޖިންސުން ގުޅުން ހިންގ...

15 Sep 2022 | 13:11

އެއްޖިންސުން ގުޅުން ހިންގި ކަމަށް އިއުތިރާފުވެފައިވާ ނާޒިމް ސައްތާރު ތިން މަހާއި 26 ދުވަހަށް ގޭ ބަންދު ކުރުމަށް ކްރިމިނަލް ހުކުމް ކޮށްފިއެވެ.

ބަންގްލަދޭޝްގެ އަލަމްގީރް އާއެކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އާންމުވެފައިވާ މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ކުށަށް އިއުތިރާފުވެފައިވާތީ ކްރިމިނަލް ކޯޓުގައި މި މައްސަލަ ކުރިޔަށް ގެންގޮސްފައިވަނީ އަވަސް ނިޔާގެ ޝަރީއަތެއްގެ ގޮތުގައެވެ.

މިއަދު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ ދައުލަތުން ނާޒިމްގެ މައްޗަށް އުފުލާފައިވާ އެއްޖިންސުން ގުޅުންހިންގުމުގެ ކުށުގެ ދައުވާ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވެފައިވާ ކަމަށެވެ.

ގިނަ އަދަދެއްގެ ދިވެހި ފިރިހެނުންނާއެކު އެއްޖިންސުން ގުޅުން ހިންގި ބަންގްލަދޭޝްގެ އަލަމްގިރްއާއެކު ނާޒިމް އެއްޖިންސުން ގުޅުން ހިންގި ކަމަށް އަލްމްގިރް ވެސް ވަނީ ޝަރީއަތުގައި އިއުތިރާފުވެފައިވާތީ އެއްޖިންސުން ގުޅުން ހިންގުމުގެ ކުށް ސާބިތުވެ، އަލަމްގިރް މިހާރު ދަނީ ޖަލުހުކުމެއް ތަންފީޒުކުރަމުންނެވެ.

އަލަންގިރް އާއެއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި އެހެން ބައެއް މީހުންގެ މައްޗަށް ވެސް ދައުވާ އުފުލާފައިވާއިރު، އޭގެތެރެއިން ބައެއް މީހުންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރުވަނީ ފަށާފައެވެ.

މިއަދު ހުކުމް ކުރުމުގެ ކުރިން ނާޒިމްގެ ފަރާތުން ވަނީ ބަޔާނެއް ވެސް ނެރެފައެވެ. އެ ބަޔާނުގައި އޭނާ ބުނެފައިވަނީ ރާއްޖޭން ނުގޮސް ޝަރީއަތް ފުރިހަމަ ކުރަނީ އޭނާ ތައުބާވާން ބެނުންވާތީ ކަމަށާއި ދިވެހި ރައްޔިތުންގެ ކިބައިން މާފަށް އެދޭ ކަމަށެވެ.

އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގާ މިހާތަނަށް ހުކުމް ކޮށްފައިވަނީ ނާޒިމްގެ މައްޗަށް އެކަންޏެވެ. އެކަމަކު އެ މައްސަލައިގާ ހިމެނޭ އިތުރު މީހުންގެ މައްސަލަ ވެސް މަޑުމަޑުން އެބަ ހިނގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް