ޓްރީ ޓޮޕް ހޮސްޕިޓަލުން ސިއްހީ ދުޅަހެޔޮކަމުގެ ޕެކޭޖުތަކަށް 10 އިންސައްތައިގެ ޚާއްސަ ޑިސްކައުންޓް ރޭޓެއް!

ޓްރީ ޓޮޕް ހޮސްޕިޓަލުން އަންހެނުން އަދި ފިރިހެނުންނަށް ޚާއްސަ ސިއްހީ ދުޅަހެޔޮކަމުގެ ޕެކޭޖުތަކަށް 10% ޑިސްކައުންޓް ރޭޓެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. ހެލްތް ސްކްރީނިންގ ނު...

15 Sep 2022 | 12:15

ޓްރީ ޓޮޕް ހޮސްޕިޓަލުން އަންހެނުން އަދި ފިރިހެނުންނަށް ޚާއްސަ ސިއްހީ ދުޅަހެޔޮކަމުގެ ޕެކޭޖުތަކަށް 10% ޑިސްކައުންޓް ރޭޓެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ހެލްތް ސްކްރީނިންގ ނުވަތަ ގަވައިދުން ޗެކް-އަޕް ހެދުމަކީ ދުޅުހެޔޮ ދިރިއުޅުމަކަށް މުހިންމުކަން ފާހަގަކޮށް އެ ހޮސްޕިޓަލުން ބުނީ ގަވައިދުން ޗެކް-އަޕް ހެދުމަކީ ކުރިޔާލައި ބަލިތަކުން ރައްކާތެރިވުމަށާއި، ބައްޔެއް ޖެހިފައި ހުރިނަމަ އަވަހަށް ފަރުވާ ހޯދުމަށް ފަސޭހަވެގެންދާނެކަމެއް ކަމަށެވެ.

އަމިއްލައަށް އިސްނަގައިގެން ހެލްތް-ޗެކްއަޕްތަށް ހެދުމަކީ ފަރުވާ ހޯދަންޖެހޭ ހާލަތެއްގައި ފަރުވާހޯދުމަށް ފަސޭހަވެ، ދިރިއުޅުމުގެ ވައްޓާފަޅިއަށް ޖެހިދާނެ މައްސަލަތަށް ފަސޭހަވެ، ބޭސްފަރުވާއަށް ކުރަންޖެހޭނެ ޚަރަދު މަދުވެގެންދާ ކަމެއް ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންނެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ މި ޚާއްސަ ޑިސްކައުންޓް ރޭޓް ސެޕްޓެންބަރ 15 އަކުން އޮކްޓޯބަރ 15 އަށް ލިބިވަޑައިގަންނަވާނެއެވެ.

އެގޮތުން ޑިސްކައުންޓު ލިބޭ ޕެކޭޖުތަކަކީ:

ވެލް މޭލް ޕެކޭޖް

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ވެލް މޭލް ޕެކޭޖުގައި ހިމެނެނީ ފިރިހެނުން ތެރޭގައި އާންމުކޮށް ޖެހޭ ބަލިތަށް ދެނެގަތުމަށް ހެދޭ ޓެސްޓުތަކެވެ.

އެގޮތުން ޕެކޭޖުގެ ދަށުން ކްލިނިކަލް އެގްޒާމިނޭޝަން؛ މެޑިކަލް ހިސްޓްރީ،ފިސިކަލް އެގްޒަމިނޭޝަން، ބޮޑީ މާސް އިންޑެކްސް، ލޭގެ ޕްރެޝަރ ބެލުން އަދި ވިޝަން ޓެސްޓު ހިމެނެއެވެ. ރޭޑިއޮލޮޖީ އިންވެސްޓިގޭޝަންގެ ގޮތުގައި ޗެސްޓް އެކްސް-ރޭ، އަލްޓްރަސައުންޑް ސްކޭން ހިމެނެއެވެ. އަދި އޯ.ޕީ.ޑީ ކޮންސަލްޓޭޝަން ތެރޭގައި ހިމެނެނީ ކްލިނިކަލް ޑައިޓީޝަނަކަށް ދައްކައި ހާއްސަ ކެއުމުގެ ޕްލޭނެއް ހެދުން އަދި ޓެސްޓްތަކުގެ ނަތީޖާއާއިއެކު ޑޮކްޓަރަށް ދެއްކުން ހިމެނެއެވެ.

މީގެއިތުރުން މި ޕެކޭޖުގައި 20 ލެބޯރަޓޮރީ އިންވެސްޓިގޭޝަން ހިމެނެއެވެ. އެއީ؛ ބްލަޑް ގްރޫޕް ޓެސްޓް (އޭ.ބީ.އޯ+ އާރ.އެޗް)، ފުލް ބަލަޑް ކައުންޓް، އީ.އެސް.އަރ، ގްލައިކޭޓެޑް ހީމަގްލޯބިން، ގްލޫކޯސް-6 ފޮސްފޭޓް ޑެފިޝިއަންސީ ސްކްރީން ކޮލިޓޭޓިވ، ފާސްޓިންގ ބްލަޑް ޝުގަރ، ޔޫރިއާ، ކްރިއާޓަނިން، ޔޫރިކް އެސިޑް، ޔުރިން އެނާލިސިސް، ކެލްސިއަމް، ލިޕިޑް ޕްރޮފައިލް، އަލަނައަން ޓްރާންސަމިނޭސް، ޓޯޓަލް ބިލިރުބިން، ސިރަމް އެލްބުމިން، ތައިރޯއިޑް ޕެނަލް (ޓީ.އެސް.އެޗް)، ހެޕަޓައިޓަސް ބީ ސަރފެސް އެންޓިޖެން، ސްޓޫލް އެނާލިސިސް، ޕްރޯސްޓޭޓް-ސްޕެސިފިކް އެންޓިޖެން (ޕީ.އެސް.އޭ) ޓެސްޓް، ސިފިލިސް އެންޓިބޮޑީ މި ޓެސްޓުތަކެވެ.

ވެލް ވުމަން ޕެކޭޖް

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ވެލް ވުމަން ޕެކޭޖުގައި ހިމޭނެނީ އަންހެނުންނަށް ދިމާވާ ބަލިތަށް ދެނެގަތުމަށް ހެދޭ ޓެސްޓުތަކެވެ.

ވެލް ވުމަން ޕެކޭޖުގެ ދަށުން ދެ އުމުރުފުރާއަކަށް ޕެކޭޖު ފޯރިކޮށްދެއެވެ.

  1. ވެލް ވުމަން ޕެކޭޖް (18-34 އަހަރު)

މި ޕެކޭޖުގައި ކްލިނިކަލް އެގްޒާމިނޭޝަނުގެ ދަށުން މެޑިކަލް ހިސްޓްރީ،ފިސިކަލް އެގްޒަމިނޭޝަން، ބޮޑީ މާސް އިންޑެކްސް، ލޭގެ ޕްރެޝަރ ބެލުން އަދި ވިޝަން ޓެސްޓު ހިމެނެއެވެ. އަދި ރޭޑިއޮލޮޖީ އިންވެސްޓިގޭޝަން ތެރޭގައި ހިމެނެނީ ޗެސްޓް އެކްސް-ރޭ، ޕެލްވިސް އަދި ބްރެސްޓް އަލްޓްރަސައުންޑް ސްކޭނެވެ.

އޯ.ޕީ.ޑީ ކޮންސަލްޓޭޝަން ތެރޭގައި ހިމެނެނީ ކްލިނިކަލް ޑައިޓީޝަނަކަށް ދައްކައި ހާއްސަ ކެއުމުގެ ޕްލޭނެއް ހެދުން އަދި ޓެސްޓްތަކުގެ ނަތީޖާއާއިއެކު ޑޮކްޓަރަށް ދެއްކުން ހިމެނެއެވެ.

މި ޕެކޭޖުގައި ހިމެނޭ 20 ލެބޯރަޓޮރީ އިންވެސްޓިގޭޝަން ތެރޭގައި ފުލް ބްލަޑް ކައުންޓް، ގްލައިކޭޓެޑް ހީމަގްލޯބިން، ފާސްޓިންގ ބްލަޑް ޝުގަރ ކްރިއާޓަނިން، ޔުރިން އެނާލިސިސް، ހެޕަޓައިޓަސް ބީ ސަރފެސް އެންޓިޖެން، އެޗް.އައި.ވީ، ސިފިލިސް އެންޓިބޮޑީ، ވިޓަމިން ޑީ، ކެލްސިއަމް، ތައިރޮއިޑް ސްޓިމިއުލޭޓިންގ ހޯރމޮން (ޓީ.އެސް.އެޗް) ހިމެނެއެވެ.

  1. ވެލް ވުމަން ޕެކޭޖް (35 އަހަރުން މަތި)

35 އަހަރުން މަތީގެ އަންހެން ބޭފުޅުންނަށް މި ޕެކޭޖުގެ ދަށުން ކްލިނިކަލް އެގްޒާމިނޭޝަން ތެރޭގައި މެޑިކަލް ހިސްޓްރީ،ފިސިކަލް އެގްޒަމިނޭޝަން، ބޮޑީ މާސް އިންޑެކްސް، ލޭގެ ޕްރެޝަރ ބެލުން އަދި ވިޝަން ޓެސްޓު ހިމެނެއެވެ.

ރޭޑިއޮލޮޖީ ޓެސްޓުތަކުގެ ތެރޭގައި ޗެސްޓް އެކްސް-ރޭ، ޕެލްވިސް އަދި ބްރެސްޓް އަލްޓްރަސައުންޑް އަދި ބީ.އެމް.ޑީ ހިމެނެއެވެ. މި ޕެކޭޖުގެ ދަށުން ކަރޑިއެކް އެސެސްމެންޓެއް ގޮތުގައި އީ.ސީ.ޖީ ހިމެނެއެވެ.

ލެބޯރަޓޮރީ އިންވެސްޓިގޭޝަންތަކުގެ ތެރެއިން ފުލް ބްލަޑް ކައުންޓް، ގްލައިކޭޓެޑް ހީމަގްލޯބިން، ފާސްޓިންގ ބްލަޑް ޝުގަރ، ކްރިއާޓަނިން، ޔުރިން އެނާލިސިސް، ހެޕަޓައިޓަސް ބީ ސަރފެސް އެންޓިޖެން، އެޗް.އައި.ވީ، ވިޓަމިން ޑީ، ކެލްސިއަމް، ސޯޑިއަމް، ޕޮޓޭސިއަމް، ލިޕިޑް ޕޮރޮފައިލް، ލިވަރ ޕްރޮފައިލް، ތައިރޮއިޑް ސްޓިމިއުލޭޓިންގ ހޯރމޮން (ޓީ.އެސް.އެޗް)، ޔުރިކް އެސިޑް، ޔޫރިއާ ހިމެނެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހެލްތް ސްކްރީނިންގ ޕެކޭޖުތަށް ފަރުމާކޮށްފައިވަނީ ހުރިހާ އެންމެނަށް އެމީހެއްގެ ސިއްހަތު ރަނގަޅުތޯ ބެލުމަށާއި، މުސްތަގުބަލުގައި ސިއްހަތަށް ވެދާނެ ނުރައްކާތަށް ދެނެގަތުމަށެވެ.

ހެލްތް ސްކްރީނިންގް ޕެކޭޖުތަކުގެ އިތުރު މައުލޫމާތު ހޯއްދުމަށް https://www.treetophospital.com/health-screening

އިތުރު މަޢުލޫމާތު ހޯދެއްވުމަށް އަދި ބުކިންގ ހެދުމަށް 3351610 އަށް ގުޅުއްވާ، ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް