އީސީން 18،000 ރުފިޔާގެ އަހު ބޮޑު ކުރެހުމުގެ މުބާރާތެއް ފަށައިފި

ޑިމޮކްރަސީ ދުވަސް ފާހަގަ ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރެހުމުގެ މުބާރާތެއް ފަށައިފި އެވެ. އީސީގެ މި މުބާރާތުގައި ބައިވެރިވެވެނީ ތިން ކީ ސްޓޭޖެއްގެ ސްކޫލް ދަރިވަރުންނަށެވެ. އެއީ ގްރޭޑް7-8 ...

15 Sep 2022 | 12:07

ޑިމޮކްރަސީ ދުވަސް ފާހަގަ ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރެހުމުގެ މުބާރާތެއް ފަށައިފި އެވެ.

އީސީގެ މި މުބާރާތުގައި ބައިވެރިވެވެނީ ތިން ކީ ސްޓޭޖެއްގެ ސްކޫލް ދަރިވަރުންނަށެވެ. އެއީ ގްރޭޑް7-8 ގެ ދަރިވަރުން،8-10 ގެ ދަރިވަރުން އަދި 11-12 ގެ ދަރިވަރުންނެވެ.

މި މުބާރާތުގައި ކުރަހަން ޖެހޭ ތީމްއަކީ "ޑިމޮކްރަސީގައި މަގޭ ދައުރު" އެވެ. ކުރެހުންތައް ހުށަހަޅަން ޖެހެނީ އަންނަ ނޮވެމްބަރު 10ގެ ކުރިން އެ ކުއްޖަކު ބައިވެރިވާ ސްކޫލެއްގެ އިދާރާއަށެވެ.

މި މުބާރާތުގައި ވަނަ ހޮވަނީ ކޮންމެ ކީ ސްޓޭޖެއް ވަކިންނެވެ. ކޮންމެ ކީ ސްޓޭޖަކުން އެއް ވަނަ، ދެވަނަ އަދި ތިން ވަނަ ހޮވާއިރު ބައިވެރިވާ ސްކޫލްތަކަށް ހަނދާނީ ފިލާ ދޭގޮތަށް ހަމަޖައްސާފައިވެ އެވެ.

ކޮންމެ ކީ ސްޓޭޖަކުން އެއް ވަނައަށް ދާ ކުރެހުމަކަށް 3،000 ރުފިޔާ، ދެވަނައަށްދާ ކުރެހުމަކަށް 2،000 ރުފިޔާ އަދި ތިން ވަނައަށް ދާ ކުރެހުމަކަށް 1،000 ރުފިޔާ ލިބޭނެ އެވެ.

އެހެން ކަމުން މި މުބާރާތުގައ ި18،000 ރުފިޔާ އިނާމުގެ ގޮތުގުައި ކުދިންނަށް ދޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް