ސަނީ ލިއޯން ރާއްޖޭގައި، ޗުއްޓީ ހޭދަ ކުރެވޭ ވަރަށްވުރެ ބިޒީ!

ބޮލީވުޑްގެ ބަތަލާ ސަނީ ލިއޯން އަނެއްކާވެސް ޗުއްޓީ ހޭދަ ކުރަން ރާއްޖެ އަތުވެއްޖެ އެވެ. މިފަހަރު އޭނާ ޗުއްޓީ ހޭދަ ކުރަމުންދަނީ ފުރަވެރި މޯލްޑިވްސް ރިސޯޓުގައި އެވެ. އާއިލާ އާއި އެކު އިއްޔެ ޗުއްޓީ އަށް ސަ...

15 Sep 2022 | 11:12

ބޮލީވުޑްގެ ބަތަލާ ސަނީ ލިއޯން އަނެއްކާވެސް ޗުއްޓީ ހޭދަ ކުރަން ރާއްޖެ އަތުވެއްޖެ އެވެ.

މިފަހަރު އޭނާ ޗުއްޓީ ހޭދަ ކުރަމުންދަނީ ފުރަވެރި މޯލްޑިވްސް ރިސޯޓުގައި އެވެ. އާއިލާ އާއި އެކު އިއްޔެ ޗުއްޓީ އަށް ސަނީ އައިންސުރެ ގެންދަނީ ރިސޯޓާއި އޭނާ ކުރަމުންދާ ގިނަ ކަންކަން އިންސްޓަގްރާމް މެދުވެރިކޮށް ސަޕޯޓަރުންނަށް ދައްކާލަމުންނެވެ.

އޭނާގެ އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދު އުޅެނީ 53.6 މިލިއަންގައި އެވެ.

ރިސޯޓަށް ދިޔައިންސުރެ އޭނާ ހިއްސާ ކުރަމުންދާ ފޮޓޯ އާއި ވީޑިއޯތަކަށް ބަލާއިރު ޗުއްޓީ ހޭދަ ކުރުމަށް ވުރެ ބޮޑަށް ސަނީ މަސައްކަތް ކުރަނީ ރިސޯޓު ޕްރޮމޯޓު ކުރުމަށް ކަމަށް ދަނީ ބެލެވެމުންނެވެ. އެހެންވެ ކުދިންނާއި އެކު ޗުއްޓީގައި މަޖާކޮށް ވަގުތު ހޭދަކޮށްލާތަން އަދި ދައްކާ ނުލައެވެ.

ސަނީ ގޮނޑުދޮށުގައި ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތަކުގައިވެސް މަސައްކަތް ކުރަނީ ގުދުރަތީ އަޑުތައް އިއްވައި ރާއްޖެއާއި ރިސޯޓުގެ ރީތި މަންޒަރުތައް ދައްކާށެވެ. އަދި ރިސޯޓުން ދޭ ހިދުމަތްތަކުގެ މައުލޫމާތުދީ އެތަނުގެ ރީތި ވާހަކަ އާއި ހިދުމަތްތަކުގެ މައުލޫމާތު ސަނީ ދަނީ ދެމުންނެވެ.

https://www.instagram.com/p/Cib7OScDydU/

މީގެ އިތުރުން މޫދު ކުޅިވަރުތަކާއި ބޯޓިންގެ މަންޒަރުތައް ދައްކާލާފައިވެ އެވެ.

ސަނީ ވަނީގެ ދެ މަސް ކުރިންވެސް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ. އަދި އޭގެ ކުރިން އޭޕްރިލް މަހުވެސް ރާއްޖެ އައިސްފައިވާއިރު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުވެސް ރާއްޖެ އައިސްފައިވެ އެވެ.

މިއީ ސަނީގެ އެންމެ ފޭވަރިޓް ގައުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް