ތައުބާ ވަން، ރައްޔިތުންގެ ކިބައިން މައާފަށް އެދެން: ނާޒިމް ސައްތާރު

ތައުބާވެ ރައްޔިތުންގެ ކިބައިން މައާފަށް އެދޭ ކަމަށް ގާނޫނީ ވަކީލު ނާޒިމް އަބްދުއް ސައްތާރު ވިދާޅުވެއްޖެ އެވެ. ދައުލަތުން އޭނާ މައްޗަށް ވަނީ އެއްޖިންސުން ގުޅުން ހިންގުމުގެ ދައުވާ އުފުލާފަ އެވެ. މިދައުވ...

15 Sep 2022 | 09:53

ތައުބާވެ ރައްޔިތުންގެ ކިބައިން މައާފަށް އެދޭ ކަމަށް ގާނޫނީ ވަކީލު ނާޒިމް އަބްދުއް ސައްތާރު ވިދާޅުވެއްޖެ އެވެ.

ދައުލަތުން އޭނާ މައްޗަށް ވަނީ އެއްޖިންސުން ގުޅުން ހިންގުމުގެ ދައުވާ އުފުލާފަ އެވެ. މިދައުވާއަށް އޭނާ ވަނީ ޝަރީއަތުގައި އެއްބަސްވެފައި އެވެ.

މި މައްސަލައިގަ ނާޒިމް މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެ މައްސަލައިގަ އޭނާ އިއުތިރާފުވީ އެކަމުގައި ހިމެނޭ ކުށްވެރިއަކަށް ވާތީ ކަމަށެވެ. އަދި އޭނާ އަކީ މައްސަލައިގަ ބްލެކްމެއިލްކޮށް ފައިސާ އަތުލަން އުޅެ، ވިކްޓިމްއަކަށް އޭނާ ވެފައިވާތީ ކަމަށެވެ.

ނާޒިމް ވިދާޅުވީ ދައުވާއަށް އިއުތިރާފްވި އިރު ރާއްޖެއިން ފިލައިގެންދާން މަސައްކަތް ކޮށްފައި ނުވާނެ ކަމަށެވެ. އިތުރަށް ވިދާޅުވީ ކުށާއި ގުޅިގެން ލިބޭ އަދަބަށް ކުރިމަތިލާން ތައްޔާރަށް ހުންނެވި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް