އެމެރިކާގައި ހުންނަވާ ދިވެހި ސަފީރަކަށް އަބްދުލް ގަފޫރު އައްޔަން ކޮށްފި

ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙް، އެމެރިކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް މއ. އަތަމާވިލާ، ޢަބްދުލްޣަފޫރު މުޙައްމަދު މިއަދު ޢައްޔަންކުރައްވައިފިއެވެ. ޢަބްދުލްޣަފޫރ...

15 Sep 2022 | 07:52

ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙް، އެމެރިކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް މއ. އަތަމާވިލާ، ޢަބްދުލްޣަފޫރު މުޙައްމަދު މިއަދު ޢައްޔަންކުރައްވައިފިއެވެ.

ޢަބްދުލްޣަފޫރު މުޙައްމަދު އެންމެފަހުން ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާޖްގެ މަގާމުގައެވެ.

އޭގެ ކުރިން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކްރެޓެރީގެ މަގާމާއި އެކުވެރި ދައުލަތްތަކުގައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބުގެ މަޤާމާއި ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބުގެ މަޤާމާއި އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިސްމަޤާމުތައް ވެސް ފުރުއްވާފައިވެއެވެ.

ޢަބްދުލްޣަފޫރު މުޙައްމަދު ވަނީ އެމެރިކާގެ ޓަފްޓްސް ޔުނިވަރސިޓީގެ ފްލެޗަރ ސްކޫލް އޮފް ލޯ އެންޑް ޑިޕްލޮމަސީން އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން މާސްޓާރސް ޙާސިލުކުރައްވާފައެވެ.

ކުރިން އެ މަގާމުގައި ހުންނެވީ އެމެރިކާގައި ހުންނަވާ ސަފީރަކީ މި ސަރުކާރުން އެންމެ ފުރަތަމަ އެ މަގާމަށް އައްޔަން ކުރި ތިލްމީޒާ ހުސައިންއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް