ހުޅުމާލެ ސާފު ކުރުމަށް އަންނަ ހޮނިހިރު ދުވަހު ބޮޑު ކެމްޕެއިނެއް ކުރިޔަށް ގެންދަން ނިންމައިފި އެވެ.
ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ މިއީ "ވޯލްޑް ކްލީން އަޕް ޑޭ' އާއިި ގުޅިގެން ބާއްވާ ހަރަކާތެއް ކަމަށެވެ. މި ހަރަކާތް ކުރިޔަށް ގެންދަނީ މިދިޔަ ޖޫން މަހު އެ ކުންފުނިން ފަށާފައިވާ "މަގޭ ދުނިޔެ" ކެމްޕެއިންގެ ތެރެއިންނެވެ.
އެޗްޑީސީން ބުނީ "މަގޭ ދުނިޔެ" ކެމްޕެއިނަކީ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއި ތިމާވެށި ރައްކާތެރިކުރުމަށް ހޭލުންތެރިކުރުމުގެ ގޮތުން ތައާރަފުކުރި ކެމްޕެއިނެކެވެ.
ހޮނިހިރު ދުވަހު ކުރިޔަށް ގެންދަން ނިންމާފައިވަނީ މާލެ ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު ސާފުކުރުމުގެ ހަރަކާތަށް ވާނެ އެވެ. އެ ހަރަކާތުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެޗްޑީސިން އެދެ އެވެ.
އެ ހަރަކާތުގައި އެކި މުއައްސަސާތަކުންނާއި މިނިސްޓްރީތަކުން އަދި އެސްއޯއީ ތަކުން ބައިވެރިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް