ހަމަ އެންމެ 500 ރުފިޔާއަށް 150 ޖީބީ މުޅި މަސްދުވަހު ބޭނުންކޮށްލަން ލިބޭނޭހެން އާޗާ ޕްރީޕެއިޑް ޕްލޭން އެއް އުރީދޫ މޯލްޑިވްސް އިން ލޯންޗުކޮށްފިއެވެ.
އުރީދޫގެ އާޗާ ޕްރީޕެއިޑް ކަސްޓަމަރުންނަށް އެކްޓިވޭޓް ކޮށްލެވޭ މި ޕްލޭން އެކްޓިވޭޓް ކޮށްލައިގެން، ގަތަރުގައި ކުޅޭ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް މެޗެއް ބަލާލަން ދިއުމުގެ ފުރުސަތު ވެސް ފަހިވެގެން ދެއެވެ.
މުޅި މަސް ދުވަހު ބޭނުންކޮށްލެވޭހެން 150 ޖީބީ ލިބިގެންދާއިރު، ސްޓްރީމިން ކުރުމަށާއި އާއިލާއާއި އެކުވެރިންނާއެކު ގުޅުން ބަދަހިކޮށްލާ ގޭމް ކުޅެލުމަށް މިއީ ވަރަށް ރަނގަޅު ޕްލޭން އަކަށް ވެގެންދާނެއެވެ.
މި ޕްލޭންގެ ދަށުން ރެގިއުލާ ޑާޓާގެ ގޮތުގައި ދުވާލަކު 1 ޖީބީ، ބޯނަސް ޑާޓާގެ ގޮތުގައި ކޮންމެ ދުވާލަކު 2 ޖީބީ، ސޯޝަލް މީޑިއާ ބޯނަސް ޑާޓާގެ ގޮތުގައި ދުވާލަކު 1 ޖީބީ އަދި ބޯނަސް ޑާޓާ ސްޓްރީމިންގ ޑާޓާގެ ގޮތުގައިވެސް ކޮންމެ ދުވަހަކު 1 ޖީބީ ލިބިގެންދާނެއެވެ. ހަމަ ކޮންމެ ދުވަހަކު5 ޖީބީ ލިބިގެންދާނެއެވެ.
އާޗާ ޕްރިޕެއިޑް ޕްލޭންސް އެކްޓިވޭޓްކޮށްލުމަށް:
- އުރީދޫ އެޕް http://ore.do/app
- އެސްއެމްއެސް މެދުވެރިކޮށް އެކްޓިވޭޓްކޮށްލުމަށް ކީވޯޑް “UD150” (އާޗާ 1ޖީބީ/ޑޭ ވީކްލީ ޕެކް)، “UD500” (އާޗާ 1ޖީބީ/ޑޭ މަންތްލީ ޕެކް)، UD750” (އާޗާ 2ޖީބީ/ޑޭ މަންތްލީ ޕެކް) ޖެއްސެވުމަށްފަހު 5555 އަށް ފޮނުވާލުމުން އެކްޓިވޭޓް ކޮށްލެވޭނެއެވެ.
- 1#*929*އަށް ޑައަލް ކޮށްލައިގެންވެސް އެކްޓިވޭޓްކޮށްލެވޭނެއެވެ.
އައު ކަސްޓަމަރުން އާޗާ ޕްރިޕެއިޑް ނެންގެވުމަށް އުރީދޫ ޝޮޕް ނުވަތަ އުރީދޫ ޕާރޓްނަރ ޝޮޕެއް މެދުވެރިކޮށް ސްޓޭންޑަރޑް ޕްރީޕެއިޑް ޕްލޭނެއް ބައްލަވައިގަތުމަށްފަހު އުރީދޫ އެޕް، އެސްއެމްއެސް ނުވަތަ 1#*929* އަށް ޑައަލް ކުރައްވައިގެން އެކްޓިވޭޓްކޮށްލެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް