ބޮލީވުޑްގެ ބަތަލާ ދިޝާ ޕަޓާނީ ތަމަޅަ ފިލްމެއް ކުޅެން ސޮއިކޮށްފި އެވެ.
އެ ފިލްމަށް މިހާރު ދީފައިވާ ނަމަކީ "ސޫރިޔާ42" އެކެވެ. ފިލްމުގެ ނަން ފަހުން ބަދަލުވުމުގެ ފުރުސަތު އޮންނާނެ ކަމަށް މި ފިލްމުގެ ޑައިރެކްޓަރު ސިވާ ބުނެފައިވެ އެވެ.
މި ފިލްމު ޝޫޓިން މިހާރު ވަނީ ފަށާފައި އެވެ. ފިލްމުގެ ލީޑްރޯލުން ދިޝާ އާއި އެކު ފެނިގެންދާނީ މަޝްހޫރު ތަޅަމަ އެކްޓަރު ސޫރިޔާ އެވެ.
ފިލްމުގެ ޓީޒާ ނެރެފައި ވީނަމަވެސް އޭގެން ދިޝާއެއް ނުފެނެ އެވެ. ޓީޒާގައި ސޫރިޔާ ފެންނަނީ ރަސްކަލެއްގެ ގޮތުގައި އެވެ. މިފިލްމަކީ އެކްޝަން ފިލްމެކެވެ.
"ސޫރިޔާ42"ގެ މަސައްކަތް ފެށިކަން ދިޝާ ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ. ދިޝާ ބުނީ މި ފިލްމުން އޭނާ ފެނިގެންދާނީ މިހާތަނަށް ނުފެންނަފަދަ ތަފާތު ރޯލަކުން ކަމަށެވެ.
މިއީ ދިޝާ ތަމަޅަ ފިލްމަކުން ފެންނާނެ ފުރަތަަމަ ފަހަރެވެ.
އޭނާގެ އިތުރުން ބޮލީވުޑްގެ ބަތަލާ އައިޝްވާރްޔާ ރާއީ ބައްޗަށްވެސް ދެން އެންމެ އަވަހަށް ފެންނާނީ ޓަމަޅަ ފިލްމަކުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް