އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރު ޗާލްސް ތިނެއް އެ މަގާމަށް ހޮވުނީ ކާކު ވޯޓަކުންތޯ ސުވާލުކޮށް ދެކޮޅަށް މުޒާހަރާ ކުރަމުން އެބަދެ އެވެ.
އިނގިރޭސި ރަސްގެފާނުކަން ޗާލްސްއަށް ލިބުނީ އެ ގައުމުގެ ރާނީ އެލިޒަބަތު ދޭއް މިމަހުގެ އަށް ވަނަ ދުވަހު އަވަހާރަވުމުންނެވެ. ޗާލްސް އާއި ރަސްމީކޮށް އެ މަގާމު ހަވާލު ކުރީ މިމަހުގެ 10 ވަނަ ދުވަހު އެވެ.
ދެކޮޅަށް މުޒާހަރާ ކުރަމުންދާ އެކްޓިވިސްޓުން ބުނީ ރަސްކަމުގެ ނަމުގައި ޝާހީ އާއިލާއިން ދަނީ އިނގިރޭސި ދައުލަތުގެ ފައިސާ އާއި މުދާ ކައި އާރާއި ބާރު ދެމި އޮންނާނެ ގޮތެއް ހޯދަމުން ކަމަށެވެ. އެގޮތް މިހާރު އެގައުމުގެ ގިނަ އާންމުން ބޭނުން ނުވާ ކަމަށާއި އިނގިރޭސި ރަސްކަން ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ.
އަދި އާ ރަސްގެފާނަކު ހަވާލު ވީ ކަމަށް ބުނާއިރު އޭނާއަށް ދައުލަތުން މުސާރަ ދެނީ ކާކު ވޯޓު ދީގެން ހޮވާފަ ވާތީތޯ ސުވާލު ކުރަމުން ދިޔަ އެވެ. މީގެ އިތުރުން މުޒާހަރާ ކުރި މީހުން ވަނީ އެއީ އެމީހުންގެ ރަސްގެފާނު ނޫން ކަމަށް ބުނެ ޕޯސްޓަރުތައް ހިފައިގެން އަޑުގަދަ ކޮށްފަ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި މުޒާހަރާ ކުރި މީހުންގެ ތެރެއިން ބައެއް މީހުން ލަންޑަން ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެމީހުން ހައްޔަރު ކުރުމުން މުޒާހަރާ ކުރި މީހުން އިތުރަށް ރުޅިގަދަވި އެވެ.
އެމީހުން ވަނީ ހައްޔަރު ކުރުމަކީ ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމަށް ހުރަސްއެޅުން ކަމަށް ބުނެފަ އެވެ. އަދި އެމީހުން ހައްޔަރު ކުރެވޭނެ އެއްވެސް ގާނޫނީ ހަމައެއް ނޯންނާނެ ކަމަށް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް