މިހާރަކަށް އައިސް ވަޒީފާއެއް ހޯދުމަކީ ވަރަށް ދަތި އުނދަގޫ ކަމަކަށް ވަނީ ވެފައެވެ. ކިތެންމެ ރަނގަޅު މަތީ ފާހެއް އޮތް ނަމަވެސް މެއެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ ތަނަކުން ވަޒީފާއެއް އިއުލާނު ކޮށްލާއިރަށް އެ ވަޒީފާއަށް އެތައް ހާސް ބަޔަކު އެޕްލައި ކުރުމެވެ. އެންމެ މަގާމަކަށްވެސް އެތަކެއް ހާސް މީހުން އެޕްލައި ކުރެއެވެ. މީގެން އެނގިގެން ދަނީ ވަޒީފާގެ ބާޒާރުގައި ވަޒީފާ ލިބުމުގެ ދަތިކަން އިންތިހާއަށް އޮންނަކަމެވެ.
ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ވަޒީފާ ލިބުމުގައި ހުރި ދަތިތަކާ އެކުވެސް އަންހެނުންނަށް ވަޒީފާ ލިބުން ފިރިހެނުންނަށް ވުރެ މާ އަވަސްވެފައި ފަސޭހަ އެވެ. ރީތި ބުރުސޫރައެއް ލިބިފައިވާ ނަމަ ވަޒީފާ ލިބުން އަދި މާ އަވަސްކަމަށް ވެސް ދިރާސާގައި ބުނެފައިވެއެވެ.
ބުރުސޫރައިގެ ގޮތުން ރީތި ތިން ހާހަށް ވުރެ ގިނަ އަންހެން ކުދިން ބައިވެރި ކޮށްގެން ހަދާފައިވާ މި ދިރާގައި ބުނެފައިވަނީ ދިރާސާގައި ބައިވެރި ކުރެވުން ގިނަ އަންހެން ކުދިން ކިޔައިދިން ގޮތުގައި އެމީހުންނަށް ވަޒީފާ ލިބިފައިވަނީ އެއްވެސް އިންޓަވިއުއެއް އަދި އެއްވެސް ކޮލިފިކޭޝަންއަކާ ނުލައެވެ. އެ ކުދިންނަށް ލިބޭ މުސާރ ތަނުގެ އެހެން އާދައިގެ މުވައްޒަފުންނަށް ވުރެ އެތަކެއް ގުނަ ބޮޑެވެ.
ދިރާސާތަކުގައި މިގޮތައް ބުނެފައިވާއިރު، މިއީ އަޅުގަނޑުމްނެގެ ތެރެއިން ގިނަ ބަޔަކު އަބަދުވެސް ދައްކަމުން އަންނަ ވާހަކައެކެވެ. މިކަމުގެ ތަފްސީލަށް ނުދިޔަޔަސް މިކަމުގެ ފަހަތުގައި ފޮރުވިފައި ހުރި ކަންކަން އެންމެންނަށް ވެސް އެނގެ އެވެ. މީގެ މާނަ އަކީ ކޮންމެ އަންހެނަކު ވަޒީފާ ހޯދަނީ ނަހަމަ ކަންތައްތަކެއް ކޮށްގެންނެކޭ ނޫނެވެ. އެކަމަކު މި ދިރާސާދައި ބުނެފައިވާ ގޮތުގައި ރީތި ކުދިންނަށް މަސައްކަތުގެ މާހައުލުގައި ފަހި ގޮތްތައް މެދުވެރިވާ ވާހަކަ އަކީވެސް އާންމުކޮށް ދެކެވޭ ވާހަކައެކެވެ.
މިއީ ބައެއް ފަހަރު ހިނގާ ކަމަކަށް ވުރެ ބޮޑަށް ވަޒީފާ ހޯދުމުގެ އާދަކާދަ އަށް ބަދަލުވެފައިވާ ކަމެއް ކަމަށާއި ތައުލީމާއި ތަޖުރިބާ އެއްފަރާތް ކުރުމަށް ފަހު އެހެން ކަންކަމަށް ބަލައިގެން ވަޒީފާ ދިނުން ހުއްޓުމަކަށް ގެންނަން ޖެހޭކަމަށް ވެސް މި ދިރާސާ ރިޕޯޓުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް