ވާރޭ ވެހުމުގެ ސަބަބުން ހިޔާ ފްލެޓްތަކަށް ފެން ވަދެ، ފްލެޓުވެރީންނަށް އިތުރު ބޮލުގެ ރިހުމެއް

މާލެ ސަރަހައްދަށް މޫސުން ގޯސް ވެ، މިއަދު ކުރި ވިއްސާރައިގައި ހިޔާ ފްލެޓްގެ އެޕާޓްމަންޓްތަކަށް ފެން ވަދެއްޖެ އެވެ. ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ބައެއް މީހުން އެ ފްލެޓްތަކަށް ވީ ގެއްލުން ސޯޝަލް މީޑިއާ ގ...

15 Sep 2021 | 17:29

މާލެ ސަރަހައްދަށް މޫސުން ގޯސް ވެ، މިއަދު ކުރި ވިއްސާރައިގައި ހިޔާ ފްލެޓްގެ އެޕާޓްމަންޓްތަކަށް ފެން ވަދެއްޖެ އެވެ.

ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ބައެއް މީހުން އެ ފްލެޓްތަކަށް ވީ ގެއްލުން ސޯޝަލް މީޑިއާ ގައި ވެސް ހިއްސާ ކުރަމުންދާ އިރު، ބައެއް މީހުން ބުނަނީ ވަރަށް ބޮޑަށް ފެންވަދެ، ބޮޑެތި ގެއްލުންވެފައިވާ ކަމަށެވެ.

އެ ފްލެޓުތަކަށް ފެން ވަދެފައިވަނީ ފާރުން ކަމަށް ބައެއް ފަރާތްތަކުން ބުނާ އިރު، ކުޑަ ދޮރުތަކުން ވެސް ފެން ވަދެ އެޕާޓްމަންޓް ތެރެއަށް ފެންވަދެފައުވާ ކަމަށް ބައެއް މީހުން ބުނެ އެވެ.

މި މައްސަލައާއިގުޅިގެން އެޗްޑީސީގެ އެމްޑީ އަހްމަދު ސުހައިލް، އެ ފްލެޓުތަކަށް ވަޑައިގެން އެތަންތަނުގެ ހާލަތު ވަނީ ބައްލަވާލައްވާފަ އެވެ.

އެޗްޑީސީން ބުނީ ވިއްސާރައިގެ ސަބަބުން ބައެއް އެޕާޓްމަންޓްތަކުގައި ހަރުކޮށްފައިވާ ކެހޭ ކުޑަދޮރުތަކުން އެޕާޓްމަންޓް ތެރެއަށް ފެން ވަދެފައިވާ ކަމަށެވެ. އަދި އެކަން ހައްލު ކުރުމަށް ކުރެވިދާނެ ކަންކަން ބަލަމުންއަންނަކަމަށް ވެސް ބުންޏެވެ.

https://twitter.com/hdcmaldives/status/1438173045521141767?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1438173045521141767%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fthepress.mv%2F129920

މިކަމާއި ގުޅިގެން ހިޔާ ޔޫނިއަން އިން ބުނީ ވާރޭ ވެހިއްޖެނަމަ، މުޅި ޔުނިޓު އެތެރެ ތެމި، ފެނުން ފޯވެ، ޢާއިލާތަކަށް ލިބެމުން ދަނީ ފޫނުބެދޭ ވަރުގެ ބޮޑެތި ގެއްލުން ކަމަށެވެ.

https://twitter.com/hiyaaunion/status/1438180252639850499?s=21

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް