ރާއްޖެއިން މިއަދު ކޮވިޑު ޖެހުނު މީހުންގެ އަދަދު 100 އިން ދަށްވެއްޖެ އވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) ގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި ފާއިތުވި 24 ގަޑި އިރު، ރާއްޖެއިން ޕޮޒިޓިވް ވީ 92 މީހުން ނެވެ.
އޭގެ ހިމެނެނީ މާލެ ސަރަޙައްދުން 38 މީހުންނާއި އަތޮޅުތަކުން 51 މީހުންނާއި ރިސޯޓްތަކުން 3 މީހުންނެވެ.
މިއާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 83،162 އެވެ.
މިބައްޔަށް ރާއްޖެއިން މިވަގުތު ފަރުވާ ހޯދަމުންދަނީ 1،832 މީހުން ނެވެ. މީގެތެރެއިން 21 މީހުންނަށް ފަރުވާދެމުން އަންނަނީ ކޯވިޑް މެޑިކަލް ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެން ނެވެ.
ފާއިތުވި 24 ގަޑިއިރު 141 މީހުން ކޮވިޑު ބަލިން ރަނގަޅުވެފައިވާ އިރު، މިބަލިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 81،090 އަށް އަރާފަ އެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވަނީ 5،526 މީހަކު ޓެސްޓުކޮށްފަ އެވެ.
މިބަލީގައި މިހާތަނަށް 227 މީހުން ރާއްޖޭގައި ވަނީ ނިޔާވެފަ އެވެ.
https://twitter.com/HPA_MV/status/1438185860113985539
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް