ޔޫ.އެންޑަބްލިއު.ޓީ.އޯ ކޮމިޝަން ފޮރ ސައުތް އޭޝިއާގެ ރިޔާސަތަށް އަނެއްކާވެސް ރާއްޖެ

ޔުނައިޓެޑް ނޭޝަންސް ވަރލްޑް ޓޫރިޒަމް އޯގަނައިޒޭޝަން (ޔޫ.އެންޑަބްލިއު.ޓީ.އޯ) ކޮމިޝަން ފޮރ ސައުތް އޭޝިއާ ގެ ރިޔާސަތަށް އަނއްކާ ވެސް ދިވެހިރާއްޖެ ހޮވިއްޖެ އެވެ. މިއީ ރާއްޖެއިން މި މަގާމު ރާއްޖެއިން ފުރާ ...

15 Sep 2021 | 15:58

ޔުނައިޓެޑް ނޭޝަންސް ވަރލްޑް ޓޫރިޒަމް އޯގަނައިޒޭޝަން (ޔޫ.އެންޑަބްލިއު.ޓީ.އޯ) ކޮމިޝަން ފޮރ ސައުތް އޭޝިއާ ގެ ރިޔާސަތަށް އަނއްކާ ވެސް ދިވެހިރާއްޖެ ހޮވިއްޖެ އެވެ.

މިއީ ރާއްޖެއިން މި މަގާމު ރާއްޖެއިން ފުރާ ދެވަނަ ދައުރެވެ.

ޔޫ.އެން.ޑަބްލިއު.ޓީ.އޯ ގެ ކޮމިޝަން ފޮރ ސައުތު އޭޝިއާގެ 58 ވަނަ ބައްދަލުވުން ބާއްވާފައިވަނީ އިއްޔެ އެވެ.

މި ބައްދަލުވުމުގައި ޔޫ.އެން.ޑަބްލިއު.ޓީ.އޯ ގެ ސްޓެޗުއަޓަރީ އޯރގަންސް އަދި ސަބްސިޑަރީ ބޮޑީސްއަށް ޤައުމުތައް ހޮވާފައިވާ އިރު، ޖެނެރަލް އެސްމްބްލީގެ ވައިސް ޕްރެޒިޑެންޓްގެ މަޤާމަށް އިންޑިއާ އަދި ކްރެޑެންޝިއަލްސް ކޮމިޓީއަށް ހޮވާފައިވަނީ ބޫޓާނެވެ.

މީގެ އިތުރުން، ސައުތް އޭޝިއާއަށް ކަނޑައަޅުއްވާފައިވާ އެގްޒެކެޓިވް ކައުންސިލްގެ 2 ގޮނޑިއަށް އީރާނާއި އިންޑިޔާ ވަނީ ހޮވާފަ އެވެ.

މިނިސްޓަރ އޮފް ޓޫރިޒަމް، ޑރ. ޢަބްދުﷲ މައުސޫމް ރިޔާސަތު ބެލެހެއްޓެވި މިބައްދަލުވުމުގައި ސައުތު އޭޝިއާގެ 7 ޤައުމަކުން 25 ބައިވެރިން ވަނީ ބައިވެރިވެފަ އެވެ.

ބައްދަލުވުމުގައި ރީޖަނަލް ކޮމިޝަން ފޮރ ސައުތު އޭޝިއާގެ ރިޔާސަތަށް ދެވަނަ ދައުރަކަށް ދިވެހިރާއްޖެ އިންތިޚާބުކޮށް، ވައިސް ޗެއަރ ގެ މަޤާމަށް ބަންގްލަދޭޝް އަދި އިރާން ވަނީ އައްޔަނުކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް