އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމަށް އަނެއްކާ ވެސް ފުއާދު ތައުފީގު އިންތިޚާބު ކޮށްފި

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސްގެ މަގާމަށް އަނެއްކާ ވެސް ފުއާދު ތައުފީގު އިންތިޚާބު ކޮށްފި އެވެ. އީސީ އިން ބުނެފައިވަނީ އެ ކޮމިޝަންގެ މެމްބަރުގެ މަގާމުގައި ހުންނެވި ފުއާދު ތައުފީގު އެ ކޮމިޝަންގ...

15 Sep 2021 | 15:44

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސްގެ މަގާމަށް އަނެއްކާ ވެސް ފުއާދު ތައުފީގު އިންތިޚާބު ކޮށްފި އެވެ.

އީސީ އިން ބުނެފައިވަނީ އެ ކޮމިޝަންގެ މެމްބަރުގެ މަގާމުގައި ހުންނެވި ފުއާދު ތައުފީގު އެ ކޮމިޝަންގެ ރައީސްގެ މަގާމަށް އިންތިކާބު ކުރެއްވީ މެންބަރުންގެ އިއްތިފާގުން ކަމަށެވެ.

އީސީގެ ރައީސްގެ މަގާމު މިދިޔަ ޖޫން މަހު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އަޙްމަދު ޝަރީފް އިސްތިއުފާ ދެއްވުމުން ނެވެ. އޭގެ ފަހުން ކޮމިޝަން ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނެވީ ނައިބު ރައީސް އިސްމާއިލް ހަބީބެވެ.

ފުވާދު ތަޢުފީޤް ވަނީ 2009 ވަނަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން 2014 ވަނަ އަހަރުގެ މާރޗްމަހާ ހަމައަށް އެކޮމިޝަނުގެ ރައީސްކަން ކުރައްވާފަ އެވެ.

އެކޮމިޝަންގެ ރައީސް ކަމުން ފުވާދު ވަކިކުރީ ސުޕްރީމް ކޯޓުން އަމިއްލައަށް އިސްނަންގަވައިގެން މައްސަލައެއް ބަލައި އިއްވި ހުކުމަކަށް ފަަހު އެވެ. އެފަހަރު، ސުޕްރީމް ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވިކަމަށް ކަނޑައަޅައި އޭނާގެ މައްޗަށް ހަމަސް ދުވަހުގެ ޖަލު ހުކުމެއް ވެސް ވަނީ އިއްވާފަ އެވެ. އަދި ފުވާދުގެ މެމްބަރު ކަމުގެ ޝަރުތު ގެއްލިއްޖެކަމަށް ވެސް ކޯޓުން ކަނޑައެޅި އެވެ.

އެހެންނަމަވެސް ޖަލުޙުކުމް ތަންފީޒު ކުރައްވާކަށް ޖެހިވަޑައެއް ނުގަތެވެ.

ޤާނޫނުގައިވާ ގޮތުން އިލެކްޝަން ކޮމިޝަނުގެ ރައީސް ނުވަތަ ނާއިބު ރައީސް މެންބަރުކަމުން އިސްތިޢުފާ ދެއްވައިފިނަމަ 60 ދުވަހުގެ ތެރޭގައި އެމަޤާމަށް މެންބަރަކު އައްޔަންކުރަންޖެހެ އެވެ.

އެކަމަކު 60 ދުވަހުގެ ތެރޭގައި މެންބަރަކު އައްޔަން ކުރެވިފައި ނުވާނަމަ، ކޮމިޝަންގައި ތިބި 4 މެންބަރުންގެ މެދުގައި ނަގާވޯޓަކުން ވެސް ކޮމިޝަނުގެ ރައީސް ކަނޑައެޅިދާނެ ކަމަށް ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް