ދިރާގު އަމިއްލަ ޕޯސްޓްޕެއިޑުން މިހާރު އަންލިމިޓެޑް ކޯލްސް ކޮށްލެވޭނެ- ކިހާ ސަޅި ދޯ!

ދިރާގު އަމިއްލަ ޕޯސްޓްޕެއިޑަށް "އަމިއްލަ ވޮއިސް ޕްލަސް"ގެ ނަމުގައި މުޅިން އާ "ވޮއިސް" އެޑް-އޮން އެއް ތައާރަފުކޮށްފި އެވެ. މަހަކު އެންމެ 175 ރުފިޔާ އަށް އެކްޓިވޭޓް ކޮށްލެވޭ މި އެޑް-އޮން އިން ދިރާގު ނަނ...

15 Sep 2021 | 15:35

ދިރާގު އަމިއްލަ ޕޯސްޓްޕެއިޑަށް "އަމިއްލަ ވޮއިސް ޕްލަސް"ގެ ނަމުގައި މުޅިން އާ "ވޮއިސް" އެޑް-އޮން އެއް ތައާރަފުކޮށްފި އެވެ.

މަހަކު އެންމެ 175 ރުފިޔާ އަށް އެކްޓިވޭޓް ކޮށްލެވޭ މި އެޑް-އޮން އިން ދިރާގު ނަންބަރުތަކަށް ބޭނުން ވަރަކަށް މުޅިން ހިލޭ ގުޅާލެވޭނެ އެވެ.

މި އަހަރު ކުރީކޮޅު ތައާރަފުކުރި ދިރާގު އަމިއްލަ ޕޯސްޓްޕެއިޑަކީ ކަސްޓަމަރުންނަށް އެމީހެއްގެ ބޭނުންތަކަށް ޚާއްސަކޮށްގެން ވަރަށް ފަސޭހަކަމާއެކު ކަސްޓަމައިޒް ކޮށްލެވޭނެ ޕްލޭނެކެވެ. އަމިއްލަ ވޮއިސް އެޑް އޮން އަކީ މިހާރު ކަސްޓަމަރުން ނަންގަވައި ޕެކޭޖް ތަކުގައި ހިމަނާފައިވާ ހިލޭ ވޮއިސް މިނެޓްސްގެ އިތުރަށް ވޮއިސް ކޯލްސް ކުރަން ބޭނުންވާ ކަސްޓަމަރުންނަށް ޚާއްސަ ކޮށްގެން ތައާރަފުކުރި އެޑް-އޮން އެކެވެ.

ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޑޭޓާ އަދި ވޮއިސް ބޭނުންވާ ގޮތަކަށް ސެޓްކޮށްލެވޭނެ އެވެ. އަދި އަމިއްލަ ޕޯސްޓްޕެއިޑްގެ "ވެލިއު ޕްކެސް" އިން އެ ކަސްޓަމަރެއްގެ މޮބައިލް ޔޫސޭޖަށް ބިނާކޮށް، މި ވެލިއު ޕެކްތަކުން ބޭނުންވާ ޕެކެއް ޚިޔާރު ކުރެވޭނެ އެވެ.

ވެލިއު ޕެކްތަކުގެ ތެރޭގައި ޗެޓް، ސޯޝަލް މީޑިއާ، ވޮއިސް، ޑޭޓާ އަދި ސްޓްރީމިންގ އެޑްއޮންސް ހިމެނެ އެވެ.

ސްޓްރީމިންގ އެޑްއޮންގައި ދިރާގު ޓީވީ، ދިރާގު ޕްލޭ، ނެޓްފްލިކްސް، އެމޭޒަން ޕްރައިމް، ޔޫޓިއުބް އަދި ޓިކްޓޮކަށް ހިމެނިގެންދާނެ އެވެ. އަދި ރާއްޖެއިން ބޭރަށް ގުޅުއްވާ ކަސްޓަމަރުންނަށް ޚާއްސަކޮށް އައިޑީޑީ ވެލިއު ޕްކްސްވެސް ވަނީ ހިމަނާފަ އެވެ.

ދިރާގުގެ އެކި އެކި ޚިދުމަތްތަކަށް ގެންނަމުންދާ ބަދަލުތަކަކީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މުހިންމު މަސައްކަތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް