އުރީދޫ 5ޖީ ހޯމް ބްރޯޑްބޭންޑް، އެއަރފައިބަރ ޕްލޭންތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި

އުރީދޫ ގެ ތަސައްވުރާ އެއްގޮތުގެމަތިން، ހައި ސްޕީޑް އިންޓަނެޓް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ފެށުނީއްސުރެ ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރަމުން ނެވެ. އެގޮތުގެ މަތިން އުރީދޫ މޯލްޑިވްސްއިން ރާއްޖެއަށް...

15 Sep 2021 | 12:04

އުރީދޫ ގެ ތަސައްވުރާ އެއްގޮތުގެމަތިން، ހައި ސްޕީޑް އިންޓަނެޓް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ފެށުނީއްސުރެ ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރަމުން ނެވެ.

އެގޮތުގެ މަތިން އުރީދޫ މޯލްޑިވްސްއިން ރާއްޖެއަށް މުޅިން އަލަށް ތައާރަފްކޮށްފައިވާ 5ޖީ ހޯމް ބްރޯޑްބޭންޑް، އެއަފައިބަރ ޕްލޭންތައް މިއަދު ވަނީ ކުރިޔަށްވުރެ ހަލުވި ސްޕީޑްގައި، ޑޭޓާވެސް އިތުރަށް ލިބޭގޮތަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ.

އުރީދޫ 5ޖީ އެއަރފައިބަރ ޕްލޭންތަކުން ލިބޭ ޑޭޓާ އެލަވަންސް އަދި ސްޕީޑް

5ޖީ އެއަރފައިބަރ ޕްލޭންސް އަގު (ރުފިޔާ) ޕެކޭޖް އެލަވަންސް (ޖީބީ) ތްރޮޓްލް ސްޕީޑް
5ޖީ އެއަރފައިބަރ 749 ރ749 300 2 އެމްބީޕީއެސް
5ޖީ އެއަރފައިބަރ 999 ރ 999 500 2 އެމްބީޕީއެސް
5ޖީ އެއަރފައިބަރ 1499 ރ 1499 750 2 އެމްބީޕީއެސް
5ޖީ އެއަރފައިބަރ 1999 ރ 1999 1024 5 އެމްބީޕީއެސް
5ޖީ އެއަރފައިބަރ 2999 ރ 2999 1536 5 އެމްބީޕީއެސް
5ޖީ އެއަރފައިބަރ 5999 ރ 5999 4000 5 އެމްބީޕީއެސް

5ޖީ އެއަރފައިބަރ އާއި އެކު ލިބިގެންދާ ހައިސްޕީޑްގެ އިތުރުން އިންޓަރނެޓާއި ކަނެކްޓްކުރުމުގައި ދިމާވާ ލަސްތައްވެސް އެތައްގުނައަކަށް ކުޑަވެގެންދާނެ އެވެ. ދުރު ރަށްރަށާއި ގޭގައި މަސައްކަތް ކުރިޔަށްގެންދާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަސޭހަކަމާއެކު 5ޖީ އެއަރފައިބަރގެ ޚިދުމަތް ދިނުމުގެގޮތުން 12 މަހުގެ ކޮންޓްރެކްޓްއަކާއެކު ޑިވައިސް ޕްލޭންއެއްވެސް އުރީދޫ މޯލްޑިވްސްއިން ފޯރުކޮށްދެއެވެ.

5ޖީ އެއަރފައިބަރ އަލަށް ނަންގަވާ ހުރިހާކަސްޓަމަރުންނަށްވެސް ޑިވައިސް ނެންގެވުމަށް އިތުރު ފަސޭހަކަމެއް ގެނެސްދޭ ޚާއްޞަ އޮފަރއަކާއިއެކު 5ޖީ ގެ ހަލުވި ސްޕީޑްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު މިހާރުވަނީ ފަހިވެ ފައެވެ.

ގޭގައި ތިއްބަވައިގެން އޮންލައިން ކްލާސްތައް ކުރިއަށް ގެންދިއުމަށް ފަސޭހަވެ، އެންމެ މަގުބޫލް ފިލްމް އަދި ޝޯތައްވެސް ސިކުންތުކޮޅެއްގެ ތެރޭގައި ޑައުންލޯޑްކޮށްލެވޭނެ އެވެ.

މީގެ އިތުރުން ހައިސްޕީޑް އިންޓަނެޓާއި ލޯ ލޭޓެންސީގެ ސަބަބުން ގޭމް ކުޅުންތެރިންނަށްވެސް ބުރޫ އެރުމެއްނެތި ގޭމް ސެޝަންތައް ނިންމާލެވޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް