މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ޒައީމްގެ މަގާމަށް ރައީސް މައުމޫން ކުރިމަތި ލައްވައިފި އެވެ.
އެމަކިނުފާނު މިކަން ހާމަކުރައްވާފައިވަނީ ކުރައްވާފައިވާ ޓްވީޓެއްގަ އެވެ.
އެ ޓްވީޓުގައި ކުރީގެ ރައީސް އަދި އެމްއާރްއެމްގެ ބާނީ ރައީސް އަލް އުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެފައިވަނީ އޮކްޓޯބަރ 2 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ އެމްއާރުއެމްގެ ޒައީމްކަމުގެ މަގާމަށް ކުރިމަތިލުމަށް ފޯމު ހުށަހަޅުއްވާފައިވާ ކަމަށެވެ.
https://twitter.com/maumoonagayoom/status/1438076447298514953
އެ ކޮންވެންޝަންގައި ޕާޓީގެ އިސްމަގާމުތަކަށާއި ކޮމިޓީތަކަށް އިންތިޚާބު ކުރުމަށް ނިންމާފައިވާ އިރު، އޭގެ ތެރޭގައި އެ ޕާޓީގައި ޒައީމްކަމާއި ރައީސް ކަމުގެ މަގާމު ވެސް ހިމެނެ އެވެ.
ރައީސް މައުމޫން އެ ޕާޓީގެ ޒައީމްގެ މަގާމަށް ކުރިމަތިލައްވާ އިރު، އެ ޕާޓީގެ ރައީސްގެ މަގާމަށް އެމަނިކުފާނުގެ ދަރިކަނލުން އަދި މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ފާރިސް މައުމޫން ވާދަކުރައްވާނެ ކަމަށް ވަނީ އިޢުލާން ކުރައްވާފަ އެވެ.
އެމްއާރްއެމް ގެ އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާގެ ހަވީރު 4:00 އާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.
އެމްއާރުއެމްގެ ކޮންވެންޝަންގައި ހޮވަން ނިންމާފައިވާ މަގާމުތައް:
- އެމްއާރުއެމްގެ ޒައީމް
- ޕާޓީގެ ރައީސް
- ޕާޓީގެ ނައިބު ރައީސް
- ޕާޓީގެ ނައިބު ރައީސް (އަންހެން)
- އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން (ފިރިހެން) – އިންތިހާބު ކުރާ އަދަދު 10
- އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން (އަންހެން) – އިންތިހާބު ކުރާ އަދަދު 10
- ޒުވާނުންގެ ކައުންސިލުގެ ރައީސް
- ޒުވާނުންގެ ކައުންސިލުގެ ނައިބު ރައީސް
- ޒުވާނުންގެ ކައުންސިލްގެ މެންބަރުން (ފިރިހެން) – އިންތިހާބު ކުރާ އަދަދު 15
- ޒުވާނުންގެ ކައުންސިލްގެ މެންބަރުން (އަންހެން) – އިންތިހާބު ކުރާ އަދަދު 15
- އަންހެނުންގެ ކައުންސިލުގެ ރައީސް
- އަންހެނުންގެ ކައުންސިލުގެ ނައިބު ރައީސް
- އަންހެނުންގެ ކައުންސިލުގެ މެންބަރުން – އިންތިޚާބު ކުރާ އަދަދު 20
- އިންތިހާބު ކޮމިޓީގެ މެންބަރުން – އިންތިޚާބު ކުރާ އަދަދު 5
- ސުލޫކީ ކޮމިޓީގެ މެންބަރުން – އިންތިޚާބު ކުރާ އަދަދު 5
- އިސްތިއުނާފު ކޮމިޓީގެ މެންބަރުން – އިންތިޚާބު ކުރާ އަދަދު 5
އެ ޕާޓީން ބުނީ އެޕާޓީގެ ދަފުތަރުގައި ރަޖިސްޓްރީ ވެފައިވާ މެންބަރުންނަށާއި ޒުވާނުންގެ ކައުންސިލަށް ކުރިމަތިލާ މެންބަރުން، އުމުރުން 30 އަހަރު ފުރިފައި ނުވާނަމަ ޝަރުތު ހަމަވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް