މަރޮށި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢު ހެވީ ފޯސްއާ ހަވާލުކޮށްފި

ށ. މަރޮށީގައި ބަނަދރު ހެދުމުގެ މަޝްރުޢު މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ. މި މަޝްރޫއު އެ ކުންފުންޏާއި ހަވާލ...

15 Sep 2021 | 10:08

ށ. މަރޮށީގައި ބަނަދރު ހެދުމުގެ މަޝްރުޢު މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.

މި މަޝްރޫއު އެ ކުންފުންޏާއި ހަވާލުކުރީ ޑިޒައިން އެންޑް ބިލްޑް އުސޫލުގެ ދަށުން 420 ދުވަހުން ނިންމުމަށެވެ، 43316792 ދިވެހި ރުފިޔާ ޚަރަދުވާ މި މަޝްރޫއުގ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގް ސޮއިކުރެއްވިއިރު އެ ކުންފުނީގެ ފަރާތުން ސޮއިކުރީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒަމީރެވެ.

މި މަޝްރޫއުގެ ދަށުން 26،330 ކިއުބިކް މީޓަރުގެ ބަނދަރާއި، ނެރު ފުންކުރުމާއި، ގްރައިން ޖެހުމާއި، ރިވެޓްމެންޓް ޖެހުމާއި 416 މީޓަރުގެ އެއްގަމު ތޮށި ޖެހުން ވެސް ހިމެނެ އެވެ.

މީގެ އިތުރުން ރޭމްޕް ހެދުމާއި، މަގު ބައްތި، ނެވިގޭޝަން ބައްތިި ހަރުކޮށް އަދި 2080 އަކަ މީޓަރުގެ ޕޭވްމެންޓެއް ވެސް ހަދާނެ އެވެ.

މަޝްރޫއުގެ އަގަކީ 43.3 މިލިއަން ރުފިޔާ އެވެ. މިއީ 420 ދުވަސް ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް