4.3 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް ޢިމާރާތް ކުރަނީ

ދައުލަތުގެ ބަޖެޓުން 4.3 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް ޢިމާރާތް ކުރަން ނިންމާ، އެ މަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކޮށްފި އެވެ. އިސްލާމިކް މިނިސްޓްރީން ދ...

15 Sep 2021 | 09:50

ދައުލަތުގެ ބަޖެޓުން 4.3 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް ޢިމާރާތް ކުރަން ނިންމާ، އެ މަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ދުވަސްއެމްވީއަށް މައުލޫމާތު ދެމުން ބުނީ މި މަސައްކަތް ހަވާލުކޮށްފައިވަނީ ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ކަަމަށެވެ. އަދި މި މަސައްކަތް 80 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ ކަމަށެވެ.

މިއީ 450 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

އެ މިނިސްޓްރީން އިތުރަށް ބުނީ މި މަސައްކަތް ކުރުމަށް ހަވާލުކުރީ ބިޑް އުސޫލުން ކަމަށާއި މި މަސައްކަތް ކުރުމަށް ބަޔަކު ހޯދުމަށް 2 ފަހަރަށް އިޢުލާން ކުރެވުނު ކަމަށެވެ. އަދި ފުރަތަމަ ފަހަރު އިޢުލާން ކުރުމުން ކުރެހުމަށް ބަދަލުތަކެއް އައުމުން އަލުން އިޢުލާން ކުރީ ކަމަށާއި 35 ފަރާތަކުން ބިޑަށް ރަޖިސްޓްރީ ވި އިރު، ބިޑު ހުށަހެޅީ 7 ފަރާތަކުން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އެގޮތުން އެންމެ މަތިން ޕޮއިންޓް ލިބުނީ ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓަޑަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް