ސާފް ޗެމްޕިއަންޝިޕްގެ ތީމް ލަވަ، ކަމުދޭތަ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިސްނަގައިގެން ފައްޓަވާ "ސާފް ޗެންޕިއަންޝިޕް ކެމްޕެއިން" ރަސްމީގޮތުން އިފްތިތާޙް ކޮށްދެއްވމުން...

15 Sep 2021 | 09:40

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިސްނަގައިގެން ފައްޓަވާ "ސާފް ޗެންޕިއަންޝިޕް ކެމްޕެއިން" ރަސްމީގޮތުން އިފްތިތާޙް ކޮށްދެއްވމުންު، އެފްއޭއެމްގެ ރަސްމީ ފޭސްބުކް ޕޭޖަށް ވަނީ "ސާފް ޗެމްޕިއަންޝިޕްގެ ތީމް ލަވަ" ކަމަށް ބުނެ ވީޑިއޯ ލަވައެއް ދޫކޮށްލާފައެވެ.

ބައެއް މީހުން އެއަށް ތަޢުރީފުކުރި އިރު، ގިނަ ބައެއްގެ ޚިޔާލުހުރި ގޮތުން އެ މާ ކަމަކު ނުދިޔައެވެ. ފުޓުބޯޅައިގެ ރޫހާއި ފޯރި އެ ލަވައިގައި ނެތް ކަމަށާއި ލަވަ މަޑުމައިތިރިކަމުން "ހީވަނީ ދެންމެ ދެންމެ ނިދިދާނެހެން" ކަމަށް ގިނަ ބަޔަކު ބުނެފައި ވެއެވެ.

އަނެއް ބަޔަކު ބުނީ އެއީ ޓުއަރިޒަމް އިޝްތިހާރެއް ކަމަށާއި ފުޓުބޯޅަ މުބާރާތަކާއި އެއްވެސް ވަރަކަށް ނުގުޅޭ ކަމަށެވެ. އަދި ދިވެހި ހެދުން އަޅާފައި ތިބި ބަޔަކު ވީޑިއޯ އިން ފެނުނަސް އަޑާއި ރާގުގައި ދިވެހިވަންތަކަމެއް ނެތް ކަމަށް ބުނެ ވަރަށް ބޮޑަށް އާންމުން ވަނީ ފާޑުކިޔާފައެވެ.

https://www.facebook.com/MaldivesFA/videos/1214738849011771

ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙް ކޮށްދެއްވި މި ކެންޕެއިންގެ ދަށުން ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަދި މީހުން ދިރިއުޅޭ އެކި ރަށްރަށުގައި ސާފް ޗެންޕިއަންޝިޕް 2021 މުބާރާތާއި ގުޅިގެން މާކެޓިން އަދި ޕީއާރގެ އެކި ކަންކަން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

މިއަހަރު ސާފް ޗެންޕިއަންޝިޕް ބާއްވަން ހަމަޖެހިފައިވަނީ އޮކްޓޯބަރ 1އިން ފެށިގެން އެމަހުގެ 16ގެ ނިޔަލަށެވެ. މިއީ، އެހެން ގައުމަކާއި ބައިވެރިނުވެ، ހަމައެކަނި ދިވެހިރާއްޖޭގައި ސާފް ޗެންޕިއަންޝިޕް މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް