ޖތަޖޫބެއާ އެކު ޖުމްހޫރީ ޕާޓީ އަށް އަނެއްކާ ވެސް ގިނަ ބަޔަކު ސޮއިކޮށްފި

ޖުމްހޫރީ ޕާޓީ އަށް އަނެއްކާ ވެސް ގިނަ ބަޔަކު ސޮއިކޮށްފި އެވެ. ޖުމްހޫރީ ޕާޓީއަށް އަލަށް ގުޅުނު މެމްބަރުންގެ ފޯމްތައް ޕާޓީގެ ލީޑަރާ ހަވާލުކުރުމަށް އަންގާރަ ދުވަހުގެރޭ، ޖޭޕީގެ މައި މަރުކަޒު، މާފަންނު ކުނ...

15 Sep 2021 | 09:34

ޖުމްހޫރީ ޕާޓީ އަށް އަނެއްކާ ވެސް ގިނަ ބަޔަކު ސޮއިކޮށްފި އެވެ.

ޖުމްހޫރީ ޕާޓީއަށް އަލަށް ގުޅުނު މެމްބަރުންގެ ފޯމްތައް ޕާޓީގެ ލީޑަރާ ހަވާލުކުރުމަށް އަންގާރަ ދުވަހުގެރޭ، ޖޭޕީގެ މައި މަރުކަޒު، މާފަންނު ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ޖުމްހޫރީ ޕާޓީގެ ލީޑަރި ޤާސިމް އިބްރާޙިމް ވިދާޅުވީ، ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށް ޑިމޮކްރަސީ ގެނައުމަށް ކުރެއްވި މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ ދިވެހި ރައްޔިތުންގެ ޑިމްކްރެޓިކް ޕާޓީ އެމްޑީޕީ އަށް ސޮއިކުރީ ޤާސިމް އިބްރާޙިމް ކަމަށާއި އޭގެ ސަބަބުން ވަރަށް ގިނަ އަނިޔާ ލިބުނު ކަމަށެވެ.

ގާސިމް ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށް ޑިމޮކްރަސީ ގެނައުމަށް އެމަނިކުފާނު މަސައްކަތް ކުރެއްވީ ދިވެހިރާއްޖޭގެ ފަސްގަނޑުގައި ހުންނަވައިގެން ކަމަށާއި، ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން ގެންދެވީ ލަންކާގައި ހުންނަވައިގެން ކަމަށެވެ.

"އަޅުގަނޑު އިސްވެ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓިއަށް ސޮއިކުރީ. ޕާޓީއަށް ފުރަތަމަ ސޮއިކުރީވެސް އަޅުގަނޑު. އޭގެ ނަތީޖާއެއްގެގޮތުން ބޮޑެތި އެތައް އަނިޔާތަކެއް ތަހައްމަލް ކުރަންޖެހުނު. ބިންގަރާހުގަ 7 ދުވަސް ވާންދެން ބޭއްވި. އެތައް ކެކުޅުންތަކެއް ލިބުނު. މިއީ އަޅުގަނޑުމެން ވި ގުރުބާނީގެ ވަރަށް ކުޑަކުޑަ ވާހަކައެއް. މިއީ ސުރުޚީ" މާމިގިލީ ދާއިރާގެ ރައްޔިތުން ތަމްސީލް ކުރައްވާ މަޖިލިސް މެމްބަރު ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ހިންގާ ހަރަކާތް "ސީދާ އަމާޒަށް" ކެމްޕޭންގެ ދަށުން އެޕާޓީން ރޭ ބޭއްވި ޖަލްސާގައި ގިނަ ބަތަކު ވަނީ ޕާޓީއާ ގުޅިފައެވެ.

އަލަށް ގުޅުނު މެންބަރުންގެ ފޯމުތަކަށް ހަވާލުވުމަށް ޖުމްހޫރީ ޕާޓީގެ މައި އޮފީސް، މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ފޯމުތަކާއި ހަވާލުވެވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމެވެ.މިޖަލްސާގައި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައި ގަންނަވާ ކެބިނެޓް މިނިސްޓަރުންނާއި، ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައި ގަންނަވާ މަޖިލިސް މެމްބަރުންނާއި، އިސް ބޭފުޅުން ބައިވެރިވެވަޑަގަތެވެ.

ޕާޓީއާ އަލަށް ގުޅުނު މީހުންގެ ތެރޭގައި، ރާއްޖޭގެ ބައެއް މަޝްހޫރު ފަރާތްތަކާއި، އަލަށް ސިޔާސީ މައިދާނަށް ނިކުތް ފަރާތްތަކާއި، ސިޔާސީ މައިދާނުގައި ގިނަ ދުވަސްތަކެއްގެ ތަޖުރިބާ ލިބިފައިހުރި ފަރާތްތަކުގެ އިތުރުން ރަށްރަށުގެ އިޖްތިމާއީ ތަރައްގީއަށް މަސައްކަތްކުރާ ގިނަ ބޭފުޅުން ހިމެނެއެވެ.

އޭގެ ތެރޭގައި މަޝްހޫރު ކޮމީޑިއަން އަހުމަދު ޝާޒް (ތަޖޫ) ހިމެނެ އެވެ.

ކޮންމެ ހަފްތާއަކުވެސް ޖުމްހުރީ ޕާޓީއަށް އަލަށް ގުޅޭ ފަރާތްތަކުގެ ފޯމާއި ހަވާލުވުމަށް ޖަލްސާއެއް ބާއްވާއިރު، މިދިޔަ ހަފްތާގައި ބޭއްވި ޖަލްސާގައިވެސް 500 އަށް ވުރެ ގިނަ މީހުންގެ ފޯމު ވަނީ ހަވާލުކޮށްފައެވެ.

2008 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި އުފެއްދި ޖުމްހޫރީ ޕާޓީގައި މިހާރު 14 ހާހަށްވުރެ ގިނަ މެމްބަރުން އެބަތިއްބެވެ. މިއީ ދިވެހިރާއްޖޭގައ ި3 ވަނަ އަށް އެންމެ ބޮޑު ޕާޓީ ވެސް މެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް