ތ. އޮޅުގިރިއާ ދިމާލު ބޭރުން މާކަނޑަށް ދޯންޏެއް ބަންޑުން ޖަހާލައިފި

ތ. އޮޅުގިރިއާ ދިމާލުން ބޭރުން މާކަނޑަށް ދޯންޏެއް ބަންޑުން ޖަހާލައިފި އެެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ފާނަ މަސްވެރިކަމުގައި އުޅުނު ދޯންޏެކެވެ. އަދި މިދޯނި ބަންޑުން ޖަހާލީ ވިއްސާރައިގައި ޖެހި...

15 Sep 2021 | 09:11

ތ. އޮޅުގިރިއާ ދިމާލުން ބޭރުން މާކަނޑަށް ދޯންޏެއް ބަންޑުން ޖަހާލައިފި އެެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ފާނަ މަސްވެރިކަމުގައި އުޅުނު ދޯންޏެކެވެ. އަދި މިދޯނި ބަންޑުން ޖަހާލީ ވިއްސާރައިގައި ޖެހިގެން ނެވެ.

އެ ދޯނީން ދަތުރުކުރި މީހުން މޫދުގައި ތިއްބާ ސަލާމަތްކޮށްފައިވާ އިރު، އެއްވެސް މީހަކަށް ގެއްލުންވި ކަމުގެ މައުލޫމާތު އަދިލިބިފައެއް ނުވެއެވެ.

ތ. ވިލުފުށީ ފާނަ މަސްވެރިކަން ކުރާ މި ދޯނި އަޑިއަށްގޮސްފައިވަނީ މިއަދު ހެނދުނު އައި ކޮޅިގަނޑެއްގައި ޖެހިގެން ނެވެ.

ދޯނި އަޑިއަށް ގޮސްފައިވާ ސަހަރަހައްދަށް ދިޔަ ލޯންޗެއްގައި ހުރި މީހަކާއި ހަވާލާދީ މަސްވެރިން އެމްވީ އިން ބުނެފައިވަނީ އެ ލޯންޗް ދިޔައިރު އެ ދޯނިން ދަތުރު ކުރި އެންމެން ތިބީ މޫދުގައި ކަމަށެވެ. އަދި ކަނޑުވި މީހުން ސަލާމަތްކުރީ އެ ލޯންޗުން ކަމަށެވެ.

މިހާދިސާއާ ގުޅިގެން އެމްއެންޑީއެފް އިން އަދިމިހާތަނަށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރައާއިގުޅިގެން މެޓް އޮފީހުން ވަނީ ރާއްޖޭގެ ބައެއް ސަރަހައްދުތަަކަށް ރީނދޫ ސަމާލު ވެސް ނެރެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް