ބޮޑުފޮޅުދޫގައި މައިމީހާ ގާތުން ދޭން އޮއްވަ ނިދުނު ވަގުތު އެއް މަހުގެ ދަރިފުޅު މަރުވެއްޖެ

އއ. ބޮޑުފޮޅުދޫގައި މައިމީހާ ގާތުން ދޭން އޮއްވަ ކުއްޖާ މަރުވެއްޖެ އެވެ. މި ހާދިސާ ހިނގާފައިވަނީ އިއްޔެ އެވެ. ހާދިސާގައި މަރުވެފައިވަނީ އެއް މަހާއި ފަސް ދުވަހުގެ ކުއްޖެއް ކަމަށެވެ. ބޮޑުފޮޅުދޫ ސިއްހީ މަރ...

15 Sep 2021 | 08:12

އއ. ބޮޑުފޮޅުދޫގައި މައިމީހާ ގާތުން ދޭން އޮއްވަ ކުއްޖާ މަރުވެއްޖެ އެވެ.

މި ހާދިސާ ހިނގާފައިވަނީ އިއްޔެ އެވެ. ހާދިސާގައި މަރުވެފައިވަނީ އެއް މަހާއި ފަސް ދުވަހުގެ ކުއްޖެއް ކަމަށެވެ.

ބޮޑުފޮޅުދޫ ސިއްހީ މަރުކަޒުގެ އޮފިޝަލަކު މީޑިއާގައި ވިދާޅުވީ އެ ކުއްޖާ މަރުކަޒަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށެވެ. ޑޮކްޓަރުން ލަފާ ކުރަނީ އެ ކުއްޖާ މަރުވީ ފުއްޕާމެއަށް ކިރު އެޅިގެން ނޭވާ ނުލެވިގެން ކަމަށް މައުލޫމާތުދެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހާދިސާ ހިނގީ ގާތުން ދޭން އޮއްވަ މައިމީހާއަށް ނިދުނު ވަގުތު އެވެ.

މަންމަ އަށް ހޭލެވުނު އިރު ކުއްޖާ އޮތީ ހޮޑުލެވި ނޭވާ ހުއްޓިފަ އެވެ. އަދި އެ ކުއްޖާގެ ނޭފަތުން ލޭ ވެސް އައިސްފައި ހުރިކަމަށް މައުލޫމާތު ލިބެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް