5،000 އަށްވުރެ ގިނަ މެމްބަރުން ގުޅުނުކަމީ ޕާޓީއާއިމެދު ރައްޔިތުން ކުރާ އުންމީދު ހާމަވެގެންދާ ކަމެއް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ އިން ބުނެފި އެވެ.
އެމްއެންޕީ އުފެއްދުމަށްޓަކައި މެމްބަރުންގެ ފޯމުތައް އިލެކްޝަން ކޮމިޝަނަށް ހެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ކާނަލް ނާޒިމް ވިދާޅުވީ ޕާޓީ އުފެއްދުމުގެ މަސައްކަތް މިއަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ފެށިފަހުން މިއަދާއި ހަަމައަށް މިވީ ދޮޅު މަހެއްހާ ދުވަސް ކަމަށެވެ.
"މި ފާއިތުވި ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި 5،000 އަށްވުރެ ގިނަ މެމްބަރުން އެމްއެންޕީއާއި ގުޅުނުކަމީ އެޕާޓީއާއިމެދު ރައްޔިތުން ކުރާ އުންމީދު ހާމަވެގެންދާ ކަމެއް." ނާޒިމް ވިދާޅުވި އެވެ.
ޑިފެންސް މިނިސްޓަރކަން ވެސް ކުރައްވާފައިވާ ކާނަލް ނާޒިމް ވަނީ 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެ ޕާޓީން ކެންޑިޑޭޓަކު ނެރުމަށް ނިންމާފައިވާކަން ކުރިން އިޢުލާން ކުރައްވާފަ އެވެ. އަދި ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ވެސް ނާޒިމް ވަނީ ވިދާޅުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް