މޫސުން ގޯސްވެ ކަނޑުގަދަވެގެން ދެ ބޯޓެއް ވިލިމާލެ އާއާއި ކ. ފޭދޫފިނޮޅު ފަރަށް އުރިއްޖެ އެވެ.
އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރު ވިދާޅުވީ މީގެ ތެރެއިން ފުރަތަމަ ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު9:32 ހާއިރު އެވެ. އެ ހާދިސާގައި "ޓްރާންސްޕޯޓް ފިއުލް-9" ނަމަކަށް ކިޔާ ތެޔޮ ބޯޓެއް އުރުނީ ބިލިމާލޭ ފަރަށެވެ.
ހާދިސާ ހިނގި އިރު އޭގައި ސްރީލަންކާ މީހަކާއި ބަންގްލަދޭޝްގެ ދެ މީހުން ތިކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ. އެކަމަކު އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެ އެވެ.
ދެވަނަ ހާދިާ ހިނގީ ހެނދުނު 9:52 ހާއިރު އެވެ. މި ހާދިސާގައި "މެރީނާ1301" ކިޔާ ޓަގު ބޯޓެއް އުރިފައިވަނީ ފޭދޫފިނޮޅު ފަރަށެވެ. ދ
ހާދިސާ ހިނގި އިރު ބޯޓުގައި ތިބީ އިންޑޮނީޝިއާގެ ނުވަ ފަޅުވެރިންނެވެ. އެމީހުންނަށް އެއްވެސް އަނިޔާއެއް ލިބިފަ ނުވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
މި ބޯޓުތައް މިހާރު ޓަގު ބޯޓުގެ އެހީގައި ފުން ކޮށްފައިވާ ކަމަށް މައުލޫމާތުދެ އެވެ.
ހާދިސާތައް ހިނގި ކަމަށް ބެލެވެނީ ނަގިލި ކަނޑައިގެން ގޮސްގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް