މަސްތުވާތަކެތި ވިޔަފާރި ކުރުމުގައި އޭގެ އިސް ފަރާތްތަކުން ކުޑަކުދިންނާއި ބިދޭސީން ބޭނުން ކުރަމުންދާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން މިހެން ބުނީ ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ އިދާރީ ހިންގުން އިސްލާހުކޮށް ފަރުވާ ދިނުމުގެ ނިޒާމު ހަރުދަނާ ކުރުމަށް ހެލްތު މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކުގެ ޕްރެޒެންޓޭޝަނެއްގަ އެވެ.
މިއީ އެ މިނިސްޓްރީން އިސްވެ މަޖިލީހަށް މިއަދު ހުށަހެޅި ހުށަހެޅި ޕްރެޒެންޓޭޝަނެކެވެ.
މި ޕްރެޒެންޓޭޝަން ހުށަހަޅުއްވައިދެއްވަމުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ސަފިއްޔާ މުހައްމަދު ސައީދު ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރަނީ 22 އަހަރާއި 37 އަހަރާއި ދެމެދުގެ މީހުން ކަމަށެވެ. އަދި މިއީ 2014 ވަނަ އަހަރުގެ ތަފާސްް ހިސާބުތަކުންް ދައްކާ ގޮތް ކަމަށެވެ.
އެހެން ނަމަވެސްް މިއަދު ބަދަލުވެ އުމުރުން އެންމެ 17 އަހަރުން ފެށިގެން 68 އަހަރާއި ދެމެދުގެ އުމުރުގެ މީހުން މަސްތުވާތަކެތި ބޭނުންކުރާ ކަމަށް މިއަހަރުގެ ތަފާސް ހިސާބުތަކުން ދައްކާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބައެއް ފަހަރު އުމުރުން އެންމެ 8 އަހަރުގެ ކުދިން މަސްތުވާތަކެތި ބޭނުންކުރާ މައްސަލަތައް ވެސް ފެންމަތިވެފައި އެބަހުރި ކަމަށް ސަފިއްޔާ ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް