ބެއާ ގްރިލްގެ ޑިސްކަވަރީ ޝޯ "އިން ޓު ދަ ވައިލްޑް" ގެ ޝޫޓިންގައި ބޮލީވުޑްގެ ބަތަލް އަޖޭ ދޭވްގަންގެ އިތުރުން ކެޓްރީނާ ކެއިފްގެ ލޯބިވެރިޔާ ވިކީ ކައުޝަލްވެސް ބައިވެރިވެ އެވެ.
މި ޝޫޓިން ކުރިޔަށް ގެންދަން ނިންމާފައިވަނީ ވ. އަތޮޅުގެ މަޝްހޫރު ޝިޕްރެކް ގައި އެވެ. މި ޝޫޓިން ކުރިޔަށް ގެންދިއުމަށް ހަމެޖެހިފައިވަނީ އަންނަ ހުކުރު ދުވަހު އެވެ.
އެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ ވ. އަތޮޅު ކައުންސިލުން ދީފައިވާއިރު އެ ސަރަހައްދަށް އާންމުން ދިއުން ވަނީ މަނާކޮށްފައި އެވެ. އަދި މުޅި ސަރަހައްދުގެ ސެކިއުރިީ ފުލުހުން ބަލަހައްޓާނެ އެވެ.
މި ޝޫޓިންގައި ބައިވެރިވުމަށް ވިކީ ރާއްޖެ އައި ކަމެއް އަދި ނޭނގެ އެވެ.
އެކަމަކު އަޖޭ ރާއްޖެ އައިތާ ހަތަރު ވަރަކަށް ދުވަސް ވެއްޖެ އެވެ. އަޖޭ އާއި އެކު ދަތުރުގައި އޭނާގެ ހަގު ދަރިފުޅު ޔުގް ދޭވްގަންވެސް ބައިވެރިވެ އެވެ. އަޖޭ ވަނީ ދަރިފުޅުގެ 11 ވަނަ އުފަން ދުވަސް ރާއްޖޭގައި ފާހަގަ ކޮށްފަ އެވެ.
އަޖޭއާ އެކު ގެނެސްދޭ ޑިސްކަވަރީގެ "އިން ޓު ދަ ވައިލްޑް އެޕިސޯޑް" ބެލުންތެރިންނަށް އެންމެ ފުރަތަމަ ގެނެސްދޭނީ ޑިސްކަވަރީ ޕްލަސް އެޕުންނެވެ. އެކަމަކު އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.
މި ޝޯއަކީ އެޑްވެންޗަރާ އަދި ސަވަވައިވަލިސްޓް، ބެއާ ގްރިލްސް ހުށަހަޅައިދެމުން އަންނަ ޝޯއެކެވެ. މި ޝޯގައި އޭނާއާއެކު ގިނައިން ފެނިގެންދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މަޝްހޫރު ފަރާތްތަކެވެ.
ބެއާ ގްރިލްސްއާއެކު 48 ގަޑިއިރު ހޭދަ ކުރަން ޖެހޭ މި ޝޯގައި އަކްޝޭ ކުމާރާއި ރަޖްނީ ކާންތުގެ އިތުރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މީގެ ކުރިން ބައިވެރިވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް